ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި 11 ބައިވެރިއަކަށް ސެޓްފިކެޓް ދީފިއެވެ.
މި ތަމްރީނަކީ ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަންރިސޯސަސް މިނިސްޓްރީން ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މި އަހަރު ހިންގި 4 ވަނަ ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯހެވެ.
މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ވަޒީރު އަޙްމަދު ޝިޔާމެވެ.
ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއްވި ގޮތުގައި، ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި 31 އޮކްޓޯބަރ އިން 12 ނޮވެމްބަރ 2026 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 09 އަތޮޅަކުން 11 ބައިވެރިން ބައިވެރިވެފައިވެއެވެ.
މީގެއިތުރުން މިއީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރިއަށްގެންދާ ކޯހެއްކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!