ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ތިން ޑިރެކްޓަރުން މިއަދު ޢައްޔަނުކޮށްފިއެވެ.
މި ތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ޢައްޔަނުކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. ޕީސީބީން ވަނީ އެ ތިން ކުންފުނީގެ ބޯޑަށް މެންބަރުން ހަމަޖެއްސިކަން މިއަދު ހާމަކޮށްފައެވެ.
ޕީސީބީން ހާމަކުރި ގޮތުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކޮށްފައިވަނީ ގ. މާޅިކަ، އަހްމަދު އިމްދާޙެވެ.
ދެން ހިމެނޭ ކުންފުނި ކަމަށްވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް ވަނީ މެންބަރަކު ޢައްޔަނުކޮށްފައެވެ.
އެގޮތުން، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ބޯޑަށް ޢައްޔަނުކޮށްފައިވަނީ ގދ. ތިނަދޫ، ޕެންޒީމާގެ، އިސްމާއީލް ފަރުހާދު އަހްމަދު ކަމަށް ޕީސީބީން ބުނެފައިވެއެވެ.
މީގެ އިތުރުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ނިމުނު ދައުރުގެ ޑެޕިއުޓީ މޭޔަރަކަށް ހުންނެވި މ. އަހުލިހަ، މުހައްމަދު އަރީޝެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!