ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުމުގެ ހަރަކާތެއް ކުރިއަށްދާތީ، އެ ސަރަހައްދަށް އެއްވެސް ފަރާތަކުން އެއްނުވުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.
ހޮސްޕިޓަލުން އާންމުކުރި ސަމާލުކަމުގެ މެސެޖެއްގައި ބުނީ، އެ ހޮސްޕިޓަލުގައި މިވަގުތު ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުމުގެ ހަރަކާތެއް (އިމަޖެންސީ އެކްސަސައިޒް) ކުރިއަށްދާ ކަމަށެވެ.
އެހެންކަމުން، އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމުގެ ވާނުވާ ބެއްލެވުމަށް ނުވަތަ ކުޅިބަލަން އެއްވެސް ފަރާތަކުން އެ ސަރަހައްދަށް ވަޑައިނުގެންނެވުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.
މީގެއިތުރުން، މި ތަމްރީނު ކުރިއަށްދާ ވަގުތު ހޮސްޕިޓަލް ހިމެނޭ މުޅި ސަރަހައްދުގެ ބާރު ކުޑަކޮށް، އާންމުން އެއްވެ ތޮއްޖެހިޔަނުދީ ބޭއްވުމަށް ވެސް ހޮސްޕިޓަލުގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.
ކޭއާރުއެޗުން ފާހަގަކުރި ގޮތުގައި މިފަދަ ހަރަކާތްތަކަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަންކަމެވެ. އެހެންކަމުން މިކަމުގައި އެންމެހައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މި ދަނޑިވަޅުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!