އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމުން ދުރުކުރަންދެން ހޮރުމުޒް ކަނޑުއޮޅި އެއްކޮށް އަލުން ނުހުޅުވާނެ ކަމަށް އީރާނުގެ އޮފިޝަލުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި އެ ގައުމުގެ ސީނިއާ ޕޮލިޓިކަލް އެޑްވައިޒަރު މުޙައްމަދު ބާގިރު ޒުލްޤަދްރު ހިމެނިވަޑައިގަންނަވައެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅުންހުރި އިސް ފަރާތްތަކުން ހާމަކުރި ގޮތުގައި، ވޮޝިންޓަނާއި ތެލް އަވީވްގެ ވެރިކަމަށް ބަދަލުތަކެއް ނާންނަހާ ހިނދަކު، ދެކޮޅުވެރި ވިޔަފާރި އުޅަނދުފަހަރަށް އެ ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެއެވެ.
މި ނިންމުން އައިސްފައިވަނީ ޕާޝިއަން ގަލްފްގައި ކަނޑުމަތީގެ ނުތަނަވަސްކަމާއި، ކަނޑުގެ މަގުތައް ބަންދުކުރުމާއި، އަދި ހަތިޔާރު އެޅި ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ބޭނުންކުރާ ތެލާއި އެލްއެންޖީގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރާ މުހިންމު މަގެކެވެ. މި މަގު ގިނަ ދުވަސްތަކަކަށް ބަންދުކުރުމާ ގުޅިގެން، ކަނޑުދަތުރުފަތުރުގެ އިންޝުއަރެންސް ރޭޓްތައް މައްޗަށް ގޮސް، ބައިނަލްއަގުވާމީ ސާފުނުކުރާ ތެލުގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައި، އަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!