އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދާ ހާއްސަ ސާޖިކަލް ކޭމްޕުގެ ތެރެއިން ގިނަ އޮޕަރޭޝަންތަކެއް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މި ކޭމްޕުގައި ހަރަކާތްތެރިވާ ސާޖަރީ ޓީމުން ދަނީ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

Ad
rt

އައިޖީއެމްއެޗުން ބުނެފައިވަނީ މި ޓީމުގެ ކޮމިޓްމަންޓާއި ހުނަރުވެރިކަމުގެ އިތުރުން، އެންމެން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ސާޖިކަލް ފަރުވާގެ ފެންވަރު ރަނގަޅުވެ، އެ ސަރަހައްދުގެ ބަލިމީހުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބިގެންދާ ކަމަށެވެ.

މީގެ އިތުރުން މި ކޭމްޕުގައި ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރު ޕްރޮފެޝަނަލުން ބައިވެރިވެ، އެ ފަރާތްތަކުގެ ހުނަރު ބޭނުންކޮށްގެން ބަލިމީހުންނަށް އެންމެ އެދެވޭ ނަތީޖާ ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އައިޖީއެމްއެޗުން ފާހަގަކޮށްފައިވެއެވެ.