ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން، އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 17 ސެޕްޓެމްބަރު 2026 ވީ ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.
މި މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:18ކަން ހާއިރެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ އިސްފަރާތަކުން "ތިލަދުން"އަށް ވިދާޅުވީ، އެ މީހާ ޗުއްޓީ ހޭދަކުރަމުން ދިޔައީ އެ ރަށު "އޯޝަން ޕާލް" ގެސްޓްހައުސްގައިކަމަށެވެ. އަދި އޭނާ ޑައިވިނަށް ދިޔައީ އެ ރަށުގެ ޑައިވް ސެންޓަރަކާ ގުޅިގެން ކަމަށް ވެސް އެ ފަރާތުން މި ނޫހަށް މަޢުލޫމާތު ދެއްވިއެވެ.
މީގެއިތުރުން ހޮސްޕިޓަލުން ބުނީ ނިޔާވި މީހާގެ ސީޓީ ސްކޭން ހަދާފައިވާކަމަށާއި ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ހަދަންޖެހޭ އިތުރު މެޑިކަލް އެގްޒަމިނޭޝަންތައް މިހާރު ކުރިޔަށް ދާ ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!