ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހެލްތު ޓްރިޕްގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ ނަންބަރު 6528864 އަށް ގުޅައިގެން ނުވަތަ އެ ހޮސްޕިޓަލުގެ ވެބްސައިޓް www.krh.gov.mv ގެ ޕޭޝަންޓް ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ.
މި މަލްޓިޕަރޕަސް ހެލްތު ޓްރިޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ބުދަ ދުވަހުގެ މެންދުރު ފަހު 14:30 އިން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.
މި ޓްރިޕްގައި ޑައިޓްރީޝަން ޑރ. މަރިޔަމް ތައިމާ ބައްލަވާނީ ބުރާސްފަތި ދުވަހު (13 އޯގަސްޓް) މެންދުރު 13:00 އިން ހަވީރު 17:00 އަށެވެ. އަދި ޖެހިގެން އަންނަ ހުކުރުދުވަހު އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. އައިމިނަތު ޒަހްރާ ބަލިމީހުން ބައްލަވާނެއެވެ. ޑރ. ޒަހްރާ އެދުވަހުގެ ދެ ގަޑިއެއްގައި ބަލިމީހުން ބައްލަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ މެންދުރުފަހު 14:30 އިން ހަވީރު 17:30 އަށް އަދި ރޭގަނޑު 20:30 އިން 22:30 އަށެވެ.
މި ޓްރިޕްގައި ހޮނިހިރު ދުވަހު ބަލިމީހުން ބައްލަވާނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. ރުޚްސާނާ އަހްމަދެވެ. ޑރ. ރުޚްސާނާ ބައްލަވާނީ ހެނދުނު 11:00 އިން މެންދުރު 12:30، މެންދުރު 14:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 20:30 އިން 22:30 އަށެވެ.
ޑރ. ރުޚްސާނާ އާދީއްތަ ދުވަހުވެސް ބައްލަވާނެއެވެ. ޑރ. އެދުވަހު ބައްލަވަން ހަމަޖެހިފައި ވަނީ މެންދުރު ފަހު 14:00 އިން ހަވީރު 16:00 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!