ހއ.ދިއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ދިއްދޫ ކައުންސިލް ފުޓްސަލް މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ރަށުގެ ފުޓްސަލް ހުނަރުވެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.

Ad
rt

ދިއްދޫ ކައުންސިލުން ބުނި ގޮތުގައި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ރަޖިސްޓްރީވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހެނީ އެ ކައުންސިލްގެ ރަސްމީ އީމެއިލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

މީގެ އިތުރުން، ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ފޯމު ހުށަހަޅަން ބޭނުންވާ ޓީމުތަކަށް ލޭޓް ސަބްމިޝަންގެ ގޮތުގައި ދެވަނަ ފުރުސަތެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. މި ފުރުސަތުގެ ދަށުން 1,500 ރުފިޔާގެ ފީއަކާއެކު ޖުލައި މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފޯމު ބަލައިގަންނާނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި 13 ވަނަ ދުވަހެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15,000 ރުފިޔާ އާއި ޓްރޮފީ ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7,000 ރުފިޔާ އާއި ޓްރޮފީ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ފެއަރޕްލޭ ޓީމަށް 3,000 ރުފިޔާ އާއި ޓްރޮފީ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ދިއްދޫ ކައުންސިލް ފުޓްސަލް މުބާރާތް ރަސްމީކޮށް ފެށުމަށް ތާވަލުކޮށްފައިވަނީ 17 ޖުލައި 2026 ގައެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް އެ ރަށުގެ ޒުވާނުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުންދާ މުބާރާތެކެވެ.