މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ މާލެއާއި ހުޅުމާލެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
‘’މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.’’ ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ މާލެ އާއި ހުޅުމާލޭގެ އިންޖީނުތައް ހިންގައި އަލުން ކަރަންޓް ދެމުން އަންނަ ކަމަށެވެ.
މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މެންދުރު 12 ޖަހާކަށްހާއިރުއެވެ.
މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ހުޅުމާލެ 1 ގައި ހިންގާ 50 މެގަވޮޓްގެ އިންޖީނުގޭގެ ސިސްޓަމް އަޕްގްރޭޑް ކުރުމަށް އިންޖީނުތައް މިއަދު ހެނދުނު ނިއްވާލުމާ ގުޅިގެން ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!