ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އިމަރޖެންސީ ރޫމް (އީ.އާރު) މިއަދު ހުޅުވައިފިއެވެ.

މިތަންތަން މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވީ މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

Ad
rt

މި ރަސްމިއްޔާތަށް މެޑަމް ސާޖިދާ ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޠިމާ ޢަލީއެވެ.

ކޭއާރުއެޗުގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އީ.އާރު ރަސްމީކޮށް ހުޅުވުން، ފޮޓޯ: ހެލްތް މިނިސްޓްރީ

މި ރަސްމިއްޔާތުގައި ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމް އިބްރާހީމާއި އަދި މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމްގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިންގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފުން ވެސް ބައިވެރިވިއެވެ.

މިއަދު ހުޅުވުނު ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއެކު އެއްފަހަރާ 9 މީހުންނަށް ޑައިލިސިސް ހެދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި އައު އީ.އާރު ޚިދުމަތް ފަށާފައިވަނީ 6 އެނދާއެކުގައެވެ.

އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ ހޮސްޕިޓަލެކެވެ.