ވ. ފެލިދޫ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައިވާގޮތުން މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ޖުމްލަ ފަސް މީހުން ދަތުރުކުރަމުން ދިޔަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން ތިން މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ.
ލޯންޗެއް ބަންޑުން ޖަހައިލުން: ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ ދެ ރައްޔިތުން
ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ދަމުން 01:15 އެހައިކަންހާއިރު އެވެ. ރިޕޯޓު ލިބުމާއެކު ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ.
މި ހާދިސާގައި ސަލާމަތްވި ތިން މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ، އެ މީހުންނަށް މިހާރު ދަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެމީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!