‏މާލޭގައި ގުދަނެއްގައި އަލިފާން ރޯވެގެން ކަމާބެހޭ އިދާރާތަކުން ހަރަކާތްވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާފަންނުގައި ހުންނަ ތޮއިބާ މިސްކިތްކައިރީ ހުރި ގުދަނެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި ފުލުހުން ވެސް ބުނީ އެ ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

Ad
rt

މި ހާދިސާ އާއި ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް (އެންޑީއެމްއޭ) ވެސް ބުނީ .ޠައިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެ އޮތޯރިޓީން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

ރޯވެފައިވަނީ ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ހުންނަ ގުދަނެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ އާއި ގުޅިގެން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގެ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މިއަދު ހެނދުނު ވެސް ވަނީ މާލޭގައި އިތުރު އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. ހެނދުނު އަލިފާން ރޯވީ ގ.ހިޔާރޯދީ 1 ގެ އެއްވަނަ ފަންގިފިލާގައި ގައި ގުދަނެއް ގޮތުގައި ބޭނުންކުރާ ތަނެއްގައެވެ.