މިއަހަރުގެ ލާމަރުކަޒީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ތެރެއިން " ލާމަރުކަޒީ ނިޒާމާބެހޭ " މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހއ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.
އަންނަ އޭޕްރީލް މަހު ބޭއްވުމަށް ތައްޔާރު ވެފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތި ލައްވާފައިވާ ފަރާތްތައް ހިމެނޭގޮތަށް ބޭއްވި މި ޕްރޮގްރާމަކީ " ބޭސިކް ޓްރެއިނިންގ އޮން ޑިސެންޓްރަލައިޒޭޝަންގެ " ނަމުގައި ހިންގުނު ޕްރޮގްރާމެކެވެ.
laamarukazee dhuvahaa gulhigen @lgaMaldives in kuriah gendhavaa programge therein mauloomaath dhinumuge programeh Ha.Alifu Atollgai hingavaifi.
https://t.co/osJ80xYZ4J pic.twitter.com/IrBlTwW1BV— HA.Atoll Council (@Ha_AtollCouncil) February 26, 2020
ހއ. ހޯރަފުށި ، ތުރާކުނު ފިޔަވައި 12 ރަށުން ޖުމްލަ 55 ބައިވެރިން ބައިވެރި މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފެސިލިޓޭޓަރުންނެވެ. މިއީ 1 ދުވަހުގެ މުއްދަތަށް ހިންގުނު ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!