އިންޑިއާގެ މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރާއި އިތުރު ފަސް މީހަކު ދަތުރުކުރި ބޯޓެއް ބުދަ ދުވަހުގެ ހެނދުނު ޕޫނޭ ޑިސްޓްރިކްޓަށް ވެއްޓި، އެ އެންމެން މަރުވެއްޖެއެވެ.

އޮފިޝަލުންނާއި ހަވާލާދީ އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވީ.އެސް.އާރު އިން އޮޕަރޭޓްކުރާ ލިއަރޖެޓް 45 (ރެޖިސްޓްރޭޝަން VT-SSK) މަރުކާގެ ބޯޓެއް ޕޫނޭގެ ބާރާމަތީ ސަރަހައްދަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

Ad
rt

މި ހާދިސާ ހިނގިއިރު، އެ ބޯޓުގައި އަޖިތު ޕަވާރާއެކު އިތުރު ދެ މުވައްޒަފުންނާއި (ޕީ.އެސް.އޯ އެއް އަދި އެޓެންޑެންޓެއް) ދެ ފަޅުވެރިން (ޕައިލެޓް އިން-ކޮމާންޑް އަދި ފަސްޓް އޮފިސަރު) ހިމެނޭހެން ޖުމްލަ ފަސް ފަސިންޖަރުން ތިއްބެވެ.

މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު އަވަހާރަވުމާ ގުޅިގެން ޗީފް މިނިސްޓަރު ދޭވެންދުރަ ފަދުނަވިސް ވިދާޅުވީ، މުޅި ސްޓޭޓަށް ވަނީ ހިތާމަވެރިކަން ވެރިވެފައި ކަމަށެވެ.

"އޭނާ ފަދަ ލީޑަރަކު ވަކިވެދިއުމަކީ ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް. އަމިއްލަ ދިރިއުޅުމުގައި އޭނާއަކީ ވަރަށް ގާތް އެކުވެރިއެއް. އަހަރެމެން އެކުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލިން. މި ހިތާމައިގައި ސްޓޭޓްގައި ތިން ދުވަހުގެ ހިތާމަ އިއުލާންކޮށްފިން،" އޭނާ ވިދާޅުވެފަވެއެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ސިޔާސީ ދާއިރާގެ އެކި ފަރާތްތަކުން ދަނީ ތައުޒިޔާ ފޮނުވަމުންނެވެ. އެގަމުގެ ރައީސް ދުރޫޕަދީ މުރުމޫ، ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހް އަދި ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

މީގެ އިތުރުން އިދިކޮޅު ޕާޓީތަކުން ކޮންގްރެސްގެ ލީޑަރުން ކަމަށްވާ ޕްރިޔަންކާ ގާންދީ ވަދްރާ އާއި ރާހުލް ގާންދީގެ އިތުރުން، އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޗަންދުރަބާބޫ ނައިޑޫ އާއި އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔަނާތު ހިމެނޭހެން އެކި ސްޓޭޓްތަކުގެ ލީޑަރުން ވެސް ވަނީ ހިތާމަ ފާޅުކުރައްވާފައެވެ.