ގއ.ގެމަނަފުށީގައި އަލަށް އިމާރާތްކުރާ ފެނަކަ އޮފީހުގެ ބިންގާ އަޅައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ އެމްޑީ އަހްމަދު ސައީދު މުހައްމަދު އާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސައީދު އެވެ.

Ad
rt

ގެމަނަފުށީ ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަފަމި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުންޏާއި އެ މަސައްކަތް ހަވާލު ކުރެވިފައި ވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 1.98 މިލިއަން ރުފިޔާ އަށެވެ.