ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓު ތަމުސީލުކުރައްވާ ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ހަމަޖެއްސުމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.
ފަނޑިޔާރު ޝަފީއު މި މަގާމަށް އައްޔަންކުރަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.
ފަނޑިޔާރު ހަސަން ޝަފީއު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމާއި، ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރުމުގެ ޒިންމާތައް މަތިކޮށްފައިވާ މުއައްސަސާއެކެވެ.
ޖޭއެސްސީގައި ތިއްބެވި މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް ޙުސްނީ މުބާރިކާއި، ނައިބު ރައީސް ޔަޒްމީދު މުޙައްމަދާއި، ކޮމިޝަންގެ މެންބަރުކަމުގައިވާ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (ރައްޔިތުންގެ މަޖިލީހުގެ ރައީސް) ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު، ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު، ދަށު ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު، އާންމުންގެ ފަރާތުން އިދްރީސް ފައުޒީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖްތާޒް، ބަންޑާރަނައިބު އަހުމަދު އުޝާމް އަދި ގާނޫނީ ވަކީލުންގެ ފަރާތުން ޢަލީ ޢަބްދުއްލަޠީފެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!