ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު ފަދަ މަޝްރޫޢުގެ ސަބަބުން އެ ސިޓީއަށް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން ފައިދާތައް ލިބިގެންދާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ރޭ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރި ބޯޒިޔާރަތް ސަރަހައްދު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، އެ ސިޓީގައި ހުރި އެފަދަ ތަންތަނަކީ ސިޓީއަށް ލިބިފައިވާ މައުނަވީ ތަރިކައެއްކަމަށެވެ.

Ad
rt

ސިޓީ ކައުންސިލްގެ މި ދައުރުގައި ރައްޔިތުންގެ އިޖުތިމާއީ ގުޅުން ވަރުގަދަކޮށް، ޢާއިލާ ތަކަށް އެކުގައި ވަގުތު ހޭދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރަށްވަމުން އާތިފް ވިދާޅުވީ، ބޯޒިޔާރަތް ތަރައްގީކުރުމުގެ މަޝްރޫޢޫއާއެކު ވެސް ރަށުގެ ދޭދޭފަރުދުންނާއި، ޢާއިލާތަކުގެ ގުޅުން ބަދަހިކޮށް، އެކުގައި ވަގުތު ހޭދަކޮށްލައި، މަސައްކަތުގެ ވަރުބަލިކަމުން ސިކުނޑިއަށް ތާޒާކަން ހޯދުމުގެ މާހައުލެއް ގާއިމުކޮށްދެވިފައިވާކަމަށެވެ.

''ކުރީގައި މޫދަށް އެރި އުޅުނީ ރަށުގެ އެކި ސަރަހައްދުތަކަށް، އެއިރުގެ ނިސްބަތުން މަސައްކަތްތަކެއް ކޮށްފައި ހުރި، ތަންތަން ހިއްކާ ބޮޑުހިލަ ތޮށިޖަހާފައި އެއިރުނެތް، އެހެންކަމުން ހާޖީ މަގު ނެރު ގަނޑާއި، އައިމިނަ މަގާއި، އާ މަގާއި، މަގާންމަގާއި މިހެން ގޮސް ހުޅަނގުފަރާތުގައި މޫދަށް އެރޭތަންތަން ހުރި، ތަންކޮޅެއް ފަހުން އާރާމް ބަގީޗާ ކިޔާ ހިތްގައިމު މާހައުލެއް ތަރައްގީކުރި، މި ރަށުގެ ރައްޔިތުންނާއި، ދަރިންނާއި، ދަރިންގެ ތަރުބިއްޔަތަށް ކުޅުދުއްފުށީގެ ރައްޔިތުން އަބަދުވެސް މަސައްކަތް ކުރަމުން އައި'' އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، ސިޓީ ކައުންސިލްގެ ބަޖެޓުން ރައްޔިތުންގެ ޚިޔާލާއެކު މިތަން (ބޯޒިޔާރަތް) ތަރައްގީކުރެވިގެންދިޔައިރު ލިބޭ އުފަލަކީ އަނެއްކާވެސް ކުޅުދުއްފުށީ ސިޓީގައި މިފަދަ މަންޒިލެއް ނުވަތަ މާހައުލެއް ގާއިމުކުރުމުގެ އުފާކަމަށެވެ.

''މިފަދަ ކަންކަމަކީ ކަންކަމަކީ ހަމައެކަނި އިޖުތިމާއީ ގޮތުން ނޫނަސް އިގްތިސޯދީ ގޮތުން ވެސް އެތަކެއް ފައިދާތަކެއް ގެނުވާނެ މަޝްރޫޢުއެއް، ސީދާގޮތުންނާއި ނުސީދާގޮތުން ރަށުގެ އިގްތިސޯދަށް މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ކޮންޓްރިބިއުޓް ކުރާނެ، ނުވަތަ ހިއްސާކުރާނެ'' އާތިފް ވިދާޅުވެފަވެއެވެ.

އެއިގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ އެ ސިޓީގެ މަށި ކުޅީގައި ސިޓީ ކައުންސިލުން ތަރައްގީކުރި ވިއުވިންގ ޕްލެޓްފޯމެވެ. އެ ޕްލެޓް ފޯމުން އެ ސަރަހައްދުގެ ހިތްގަމުކަމުން އުފާ ލިބިގަތުމަށް ކައިރި ރަށްރަށާއި، ކައިރި އަތޮޅުތަކުންނާއި އަދި މާލެ ސަރަހައްދުން ވެސް މީހުން އަންނަކަން އާތިފް ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށި ބޯޒިޔާރަތް ބީޗު ހުޅުވައިފި

އާތިފް ވިދާޅުވިގޮތުގައި، މިފަދަ މަޝްރޫޢުތަކާއެކު ރަށުގެ އިގްތިސާދަށް ވެސް ނަފާވެރިކަން އިތުރުވެގެންދާނެއެވެ. އެއީ، އެފަދަ ތަންތަން ދެކިލައި ހިތް އުފާކޮށްލުމަށް އެ ސިޓީއަށް މީހުން ޒިޔާރަތްކުރުމަކީ ރަށުގެ އިގްތިސޯދަށް ފައިސާ ވަންނާނެމަގެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރަށުގެ ވިޔަފާރިތަކަށް ވެސް އެެކަމުގެ ހެޔޮ އަސަރުކުރާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

އާތިފް ވަނީ މިފަދަ މަޝްރޫޢުތައް ހިންގަށް ސިޓީ ކައުންސިލުން ހަވާލުކޮށްފައި ވަނީ ސީދާ ސިޓީގެ ވިޔަފާރި ކުންފުނިތަކާއި ކަމުން އެއީ ވެސް ސިޓީގެ އިގްތިސާދުގައި ފައިސާ ހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރަށްވާފައެވެ.