18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)ގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަން ވެސް ކުރަށްވާފައިވާ މުހައްމާ އަށް ހާޓްއެޓޭކެއްޖެހިގެން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި އަންނަނީ ފަރުވާދެމުންނެވެ.

Ad
rt

އޭނާގެ ހިތުގެ ސާޖަރީއެއް އިއްޔެ ހަދާފައިވާއިރު، މުހައްމާގެ ގާތް އެކުވެރިއަކު ''ތިލަދުން'' އަށް ބުނީ، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި މާދަމާ ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް ބެލެވޭކަމަށް އޭނާ ބުންޏެވެ.

މުހައްމާގެ ހިތުގެ ސާޖަރީއެއް އިއްޔެ ހަދާފައިވާއިރު، ހިތުގެ ބްލޮކޭޖް ކަނޑުވަން ލައްވަން ޖެހޭ ހޮޅިކޮޅު ލައްވާފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

މުހައްމާ މިވަގުތު އެނދުމަތިކޮށްފައި އޮތީ ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައެވެ.