ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް، ކުޑަކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް ފުލުހުން ތަހްގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައި އަތޮޅުތެރޭގެ ރަށެއްގައި ތިބި ކުދިންތަކެއް، އެރަށުގެ ކުޑަކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް 22 ނޮވެމްބަރު 2025 ދުވަހުގެ 18:35 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންތަކެއް މިފަދަ ނުރަނގަޅު އަމަލެއް ހިންގާފައިވާތީ، މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއަކީ ކުޑަކުއްޖެއްގެ ކަރާމަތާއި ގުޅުން ހުރި މައްސަލައަކަށްވާތީ ކުއްޖާގެ ވަނަވަރާއި، ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނަށް ސިނގިރޭޓް ދިނުމަކީ ގާނޫނީ ކުށެކެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގައި ވީހާވެސް އަވަހަށް ތަހްގީގުކޮށް، ކުށްވެރިންނަށް ފިޔަވަޅު އެޅުމަކީ މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި މުހިންމު ކަމެކެވެ.