ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު (ޔޫޕީއެޗްސީ) އިން ޚިދުމަތްދޭ ވަގުތުތަކާއި އެތަނުންދޭ ޚިދުމަތްތައް މިއަދު އާންމުކޮށްފިއެވެ.

މި ސެންޓަރު ރަސްމީ ކޮށް ހުޅުވާފައި ވަނީ އިއްޔެއެވެ. މިތަން ހުޅުއްވައިދެއްވީ ރައީސް ޑރ . މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ބުނީ މިތަނުގެ ޚިދުމަތް އަންނަ ހޮނިހިރު (22 ނޮވެމްބަރު 2025) އިން ފެށިގެން ލިބޭނެކަމަށެވެ.

މިތަނުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ރޭގަނޑު 22:00 އަށް ޚިދުމަތްދޭން ނިންމާފައިވާއިރު، ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ރޭގަނޑު 22:00 އަށް ޚިދުމަތް ލިބޭނެކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ޔޫޕީއެޗްސީ އިން ލިބޭ ޚިދުމަތްތައް

ޖީޕީ ކްލިނިކް:

  • ޢާއިއިލީ ބޭސްވެރިކަމުގެ ޅާއްޞަ ޑޮކްތަޓަރުންނަށް ދެއްކުމުގެ ޚިދުމަތް،
  • އާންމު ބަލިތަކަށް ފަރުވާދިނުުމުގެ ޅިދުމަތް
  • ޖީޕީގެ ޑޮކްޓަރުން ލަފާދެއްވާ ލޭގެ ޓެސްޓްތައް ހެދުން
  • ޑްރޮޕް ބޮކްސް މެދުވެރިކޮށް ބޭސް ސިޓީ އައުކުރުމުގެ ޚިދުމަތް
  • ކުދި ޕްރޮސީޖާތައް ހެދުން (އައިވީ ގުޅުން، ނެބްލައިޒް ކުރުން، ބޭސް އެޅުން، ކާހޮޅި ބަދަލުކުރުން)
  • އެކްސްރޭގެ ޚިދުމަތް
  • ބޭސްފިހާރަ

ޗަައިލްޑް ހެލްތް ކްލިނިކް

  • ފަސް އަހަރުން ދަށުގެ ކުދިންގެ ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް ބެލުން
  • ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއުންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން
  • އުމުރުން 2-5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ބޭސް ދިނުމުގެ ހިދުމަތް
  • ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުން
  • އިހުތިޔާރީ ވެކްސިން ޖަހައިދިނުން

ވެލްނެސް ކްލިނިކްގެ ހިދުމަތްތައް

  • ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ހިދުމަތް
  • ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން
  • ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގެ ހިދުމަތް
  • ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށް ދިނުން

ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރައްވާނެއެވެ.