ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ކުރިޔަށް ގެންދާ، ދިވެހި ތަރިކައިގެ ދާއިރާއިން ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް، 40 ދަރިވަރަކަށް މިއަދު ހަވާލުކޮށްފިއެވެ.

މި ސްކޮލަރޝިޕްތައް ލިބިުނު ފަރާތްތަކާ ސްކޮލަރޝިޕް ޙަވާލުކޮށްދެއްވީ، މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

Ad
rt

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ ވަނީ މިއީ، ފުރަތަމަ ފަހަރަށް، ދިވެހި ތަރިކައިގެ ދާއިރާއިން ހިލޭ ދެވޭ މާސްޓަރސް ފެންވަރުގެ 40 ސްކޯލަރޝިޕްކަން ފާހަގަކުރަށްވާފައެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އެތައް ތަރިކައެއް ނެތިގެން ގޮސްފައިވާކަމަށާއި، ދިވެހި ބަހަށް ނޭދެވޭ އަސަރުތަކެއް ފޯރައި، ބޭރު ބަސްބަހަށް ފަރިތަ ޖީލެއް އުފެދެމުންދާކަމަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ދިވެހި ތާރީޚާއި ތަރިކައިގެ މުހިންމުކަން އިހުސާސްވާންޖެހޭ ފަރާތްތަކަށް އެ އިހުސާސް ނުވާކަން ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ކުރިއަރާ ގައުމުތަކުން އެބައެއްގެ މާދަރީ ބަހާއި، ދީނާއި، ސަގާފަތާއި، ތާރީޚާއި ތަރިކަ ދެމެހެއްޓުމަށް އަހައްމިއްޔަތުކަންދީ، އެ އަސާސްތަކުގެ މަތީގައި މުސްތަޤުބަލު ބިނާކުރާކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ.

މި ހާލަތު ބަދަލުކުރުމަށްޓަކައި، ދިވެހިބަސް އަލުން އާ ޖީލުގެ ހިތްތަކާއި ދޫތަކަށް ގެނައުމާއި، އިސްލާމްދީނުގެ ރިވެތި އަޚްލާޤު އަލުން އާލާކުރުމާއި، ދިވެހި މަސައްކަތްތެރިކަމާއި ހުނަރު އަދުގެ ޖީލަށް ދައްކައިދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ފަރާތްތަކަކީ، ދިވެހި ޤައުމުގެ ތަރިކަތަކަށް ޢިލްމީ ލޮލަކުން ބަލައި، ވަޒަންކުރާނެ ފުރަތަމަ ޖީލުކަމަށާއި، އެބޭފުޅުންގެ ޢިލްމީ މަސައްކަތްތަކުން ދިވެހިބަހާއި ސަގާފަތާއި ތަރިކައަށް އަންނަމުންދާ ހީނަރުކަން ނައްތާލައި، މި ދާއިރާގެ މުސްތަޤުބަލު ބިނާކުރާނެ ފަރުމާވެރީންނަށް ވާންޖެހޭނެކަމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ދެއްކެވި ވާހަކާަގއި "ސިގްނޭޗަރ ސްކޮލަރޝިޕް" މަސައްކަތާއެކު ދިވެހިންގެ ތަރިކައާއި ސަޤާފަތުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން