ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި ހޯމަ ދުހުން ފެށިގެން (މާދަމާއިން ފެށިގެން) ހިތުގެ ބަލީގެ ޚާއްސަ ޑޮކްޓަރެއް ބަލި މީހުން ބެލުމަށް ހަމަޖެހިއްޖެއެވެ.

މިކަން ހާމަކުރަމުން ކޭއާރުއެޗުން ބުނެފައިވަނީ، ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ބިލާލް ޝާހް 27 އޮކްޓޯބަރ 2025 އިން ފެށިގެން އެ ހޮސްޕިޓަލުގައި ފަރުވާދޭނެ ކަމަށެވެ.

Ad
rt

މިގޮތުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ހަވީރު 4 އިން ހެނދުނު 6 އާއި ދެމެދު ކޭއާރުއެޗުގެ ނަންބަރު، 6528864 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދިފައިވެއެވެ.

ކޭއާރުއެޗުން މަސައްކަތް ކުރަނީ ހިތުގެ ދުޅަހެޔޮކަމަށް އިތުރަށް ސަމާލުކަމެއްދީ ހިތުގެ ޓެސްޓުތަކާއި އެހެނިހެން ފަރުވާތައް އެ ހޮސްޕިޓަލުގައި ފުޅާކުރުމަށެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިވެ ތިބުމަށް ގަވާއިދުން ކަސްރަތުކުރުމަށާއި، ދުންފަތާއި ދުރުވެ ދުޅަހެޔޮ ބަރުދަނެއްގައި ހުރުމުގެ އިތުރުން މިންހެޔޮ ކެއުން އިހްތިޔާރުކުރުން މުހިންމެވެ. ދިވެހި މުޖުތަމައުގައި ފަހަކަށް އައިސް ހިތުގެ ބަލިތައް އިތުރުވަމުން ދާއިރު، އާއިލާތެރޭގައި ހިތުގެ ބަލި ހުރިތޯ ޓެސްޓުކުރުމަށާއި، ކޮލެސްޓްރޯލް ހުރި މިންވަރު ބެލުމަށް ތަޖުރިބާކާރު ޑޮކްޓަރުން އިލްތިމާސްކުރެއެވެ.