ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފަށާ މުބާރާތެއްކަމަށްވާ، ''އެޓޯލް ޗެމްޕިއަންޝިޕް 2025/2026''ގެ ގުރުނެގުން އިއްޔެ ބާއްވައިފިއެވެ.

އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެފްއޭއެމް އިން ފުރުސަތު ހުޅުވާލީ ފާއިތުވި އޮގަސްޓް މަހިގެ 17 ވަނަ ދުވަހުއެވެ. އެ ފުރުސަތުގެ މުއަދަތު ހަމަވީ މިދިޔަ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް ބައެއް ފަރާތްތަކުން މުއްދަތު އިތުރު ކުރުމަށް އެދެމުންދާތީ އެފްއޭއެމް ވަނީ ބައިވެރިވުމުގެ މުއްދަތު ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ.

Ad
rt

މި މުބާރާތުގައި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމްލަ 47 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ފަށަން ތާވަލުކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ގުރުނެގުން އިއްޔެ ބާއްވާފައިވާއިރު، މި މުބާރާތް ފަށާ މެޗުގައި ކުޅޭނީ ބޮޑު ތިލަދުންމަތީގެ ދެ ޓީމު ކަމަށްވާ ހދ.އަތޮޅުގެ ކުޅުދުއްފުށީ ސިޓީ އާއި ނެއްލައިދޫއެވެ. މި މުބާރާތުގެ ޒޯން 1ގެ މެޗުތައް ކުޅެން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީ ސިޓީގައެވެ.

އަތޮޅުތެރޭގެ ތިން ސަރަހައްދު ޒޯންތައް ބަހާލާފައިވާ ގޮތް:
އުތުރު ރީޖަންގެ ޒޯން 1: ހއ. ހދ. އަދި ށ.
އުތުރު ރީޖަންގެ ޒޯން 2: ނ. ރ. ބ. އަދި ޅ.
ސެންޓްރަލް ރީޖަންގެ ޒޯން 1: ކ. އއ. އަދި އދ.
ސެންޓްރަލް ރީޖަންގެ ޒޯންގެ 2: ވ. މ. ފ. އަދި ދ.
ދެކުނު ރީޖަންގެ ޒޯންގެ 1: ތ. ލ. އަދި ގއ.
ދެކުނު ރީޖަންގެ ޒޯންގެ 2: ގދ.، ފުވައްމަލަށް އަދި އައްޑޫ

އެފްއޭއެމުން ބުނެފައި ވަނީ ގުރުއަތުލުމުގައި ތަރުތީބު ކުރެވުނު ގުރޫޕުތަކާއި ވާދަކުރަންޖެހޭ ޓީމުތައް ހިމެނޭހެން ބައިވެރިވީ ޓީމުތަކުގެ ލިސްޓް ވަރަށް އަވަހަށް އާންމު ކުރާނެއެވެ. އަދި ޝެޑިއުލް އެފްއޭއެމްގެ ސޯޝަލް މީޑިއާ ގައި ހިއްސާކުރާނެކަމަށް ވެސް ބުންޏެވެ.

މި މުބާރާތަކީ ރާއްޖޭގެ އަތޮޅުތަކުގެ ފުޓްބޯޅަ ކުރިއެރުވުމަށާއި، ރަށްރަށުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް އެފްއޭއެމްއިން ކުރިއަށްގެންދާ މުހިންމު މުބާރާތެކެވެ.