އިސްރާއީލީ ސިފައިން އޮކްޓޯބަރު މަހުގެ ކުރީކޮޅު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށި ފަހުން އެ އެއްބަސްވުމާ 47 ފަހަރު ޚިލާފުވެ، 38 މީހުން ޝަހީދުކޮށްލައި 143 މީހުންނަށް އަނިޔާދީފައިވާ ކަމަށް ފަލަސްތީނު އޮފިޝަލުން ބުނެފިއެވެ.
އިސްރާއީލުން އެއްބަސްވުމާއި ތަކުރާރުކޮށް ޚިލާފްވެ ހިތުހުރިގޮތެއް ހަދަމުން އަންނައިރު، ހަމާސްގެ ބެލުމުގެ ދަށުގައިވާ އިސްރާއީލްގެ މީހުންގެ ހަށިގަނޑުތައް އަނބުރާ ހަވާލުކުރުމަށް ހަމާސްއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ބަހަނާ ދައްކާފައެވެ.
ޣައްޒާއާއި މިސްރުގެ ދެމެދުގައިވާ ރަފާ ބޯޑަރ ކްރޮސިންގ "އިތުރު އެންގުމަކާ ހަމައަށް" ބަންދުކުރެވިފައި ހުންނާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
ހުރިހާ ހަށިގަނޑުތަކެއް އަނބުރާ ގެނައުމަށް އިސްރާއީލް ސަރުކާރަށް ގޮވާލައި ތެލްއަވީވްގައި މުޒާހަރާތަކެއް ކުރަމުންދާއިރު، ހަމާސްއިން އިތުރު ދެ ހަށިގަނޑު އިސްރާއީލަށް ވަނީ ރައްދުކޮށްފައެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް "ހަނި ބަހަނާތަކެއް" ދައްކައިގެން ހުރަސްއަޅަމުންދަނީ ނެތަންޔާހޫ ކަމަށް ހަމާސްއިން ބުނެއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 68،116 މީހުން ޝަހީދުވެ، 170،200 މީހުންނަށް އަނިޔާވެފައިވެއެވެ. އޮކްޓޯބަރު 7، 2023 ގައި ހިންގި ހަމަލާތަކުގައި އިސްރާއީލުގެ 1،139 މީހުން މަރުވެ، 200 އެއްހާ މީހުން ހައްޔަރުކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!