ކޮންޓްރޯލްކުރެވޭ ބޭހެއް ކަމުގައިވާ ބިއުޕްރެނޯފިން މަސްތުވާތަކެއްޗަށް ދެވިހިފާ ފަރާތްތަކަށް ވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.
އެ އެޖެންސީއިން މިކަން ހާމަކުރެއްވީ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ލުބްނާ ވިދާޅުވެފައިވާ ގޮތުގައި، އެންޑީއޭއަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ބިއުޕްރެނޯފިން ބޭސް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ވިއްކަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. މިގޮތުން، މި ބޭހުގެ 10 ގުޅަ 2000 ރުފިޔާއަށް ވިއްކަމުންދާކަން ވެސް އެނގިފައިވާ ކަމަށް ލުބްނާ ވިދާޅުވިއެވެ.
We have received information that Buprenorphine a controlled drug is been sold to drug users.
10 tablets are been sold for MVR 2000.00 . Selling controlled drugs is violation of Drug Law . There are many users who gave accurate information regarding sellers @PoliceMv @CustomsMv— Lubna (@LubnaZahir) September 19, 2025
ކޮންޓްރޯލްކުރެވޭ ބޭސްތައް މިފަދައިން ވިއްކުމަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނާ ޚިލާފު ޢަމަލެކެވެ. މި ބޭސް ވިއްކާ ފަރާތްތަކާ ބެހޭ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ ގިނަ ފަރާތްތަކުން ސައްޙަ މަޢުލޫމާތު ދީފައިވާކަން ވެސް ލުބްނާ ފާހަގަކުރެއްވިއެވެ.
ބިއުޕްރެނޯފިން އަކީ ވޭނަށް ފަރުވާ ކުރުމަށާއި އޯޕިއޮއިޑް ބޭނުންކުރުމުގެ ބަލީގެ (އޯޔޫޑީ) ފަރުވާއަށް ބޭނުންކުރެވޭ ސިންތެޓިކް އޯޕިއޮއިޑް ބޭހެކެވެ. މިއީ ޕާޝަލް އޯޕިއޮއިޑް އެގޮނިސްޓެއްގެ ގޮތުގައި ގިންތިކުރެވިފައިވާ ބޭހެކެވެ. އޭގެ މާނައަކީ، މިބޭހުން ވޭން ފިލުވުމާއި އުފާވެރިކަން ފަދަ ބައެއް އޯޕިއޮއިޑް އަސަރުތައް ކުރިނަމަވެސް، މި އަސަރުތައް ހެރޮއިން ނުވަތަ މެތަޑޯން ފަދަ ފުލް އޯޕިއޮއިޑް އެގޮނިސްޓްތަކާ އަޅާބަލާއިރު ދެރަކަމެވެ. މި "ސީލިންގ އިފެކްޓް" ގެ ސަބަބުން ނަހަމަގޮތުގައި ބޭނުންކުރުމާއި އޯވަރޑޯޒްވުމުގެ ނުރައްކާ ކުޑަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!