އިއްޔެ މީސްމީޑިއާއަށް ދޫވެފައިވާ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން ތަކެއްގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ދާއިރާގެ މަޖިލިސް މެންބަރަށް ހުޅުވާލެވިފައިވާ ސިޓީގެ ބައިތައް ހިއްސާކޮށްލާނަމެވެ.
އެސިޓީއިން ބުނެދޭ މެސެޖުތައް ދާއިރާގެ މެންބަރާއި ހަމައަށް ފޯރު ކޮށްދިނުމުގައި ބައިވެެރިވެ އެ ސިޓީ ހުޅުވައިލާނަމެވެ.
ސިޓީފަށަމުން އިޚްތިރާމާއިއެކު މެންބަރު އަރިހުން އެދިފައިވަނީ ދާއިރާގެ މަސައްކަތްތެރިންނާއި، އެފަރާތް ތަކުގެ ޢާއިލާގެ ހައްޤުތައް ރައްކައުތެރި ކޮށްދިނުމަށް ޓަކައި، ރައްޔިތުންގެ މަޖްލީހުގެ ތަޅުމަށް ހުށައެޅުނު ވަޒީފާ އާބެހޭ ޤާނޫނުގެ ބިލަށް މިހާރު ހުށަހެޅިފައިވާ ގޮތަށް، ބައެއް އިސްލާހްތަކަށް ނޫނެކޭ ބުނުމަށެވެ. އެބައިތައް ބަދަލުކޮށް އިސްލާހްކޮށް ދިނުމަށް އެސިޓީގައި އެދިފައި ވެއެވެ.
އެ ބިލްގައިވާ މަސައްކަތް ތެރިންގެ ގިނަ ހައްޤުތައް ގެއްލޭގޮތައް ގެނެވިފައި ބަދަލުތައް އިސްލާހުކޮށް އަލުން އެ ބިލް މުރާޖާ ކުރުމަށް ރައްޔިތުންގެ ފަރާތުން ގޮވާލަދިނުމަށް ވެސް އިހްލާސްތެރި ކަމާއެކު އެދެން
އެސިޓީގައި ބުނެފައި ވެއެވެ.
ވަޒީފާއާއި ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙު ތަކުން ރިސޯޓް މުވައްޒަފުންނާއި މަސައަކަތްތެރިންނަށް އިތުރު ނިކަމެތިކަން ލިބޭކަމަށް ބުނަމުން 4 ކަމެއް ފާހަގަ ކޮށްފައިވެއެވެ.
- ވަޒީފާގެ ޕްރޮބޭސަން ޕީރިއަޑު ދިގުކޮށްލުމުން ވަޒީފާގެ އަޅުވެތިކަން އިތުރުވުން.
- ސާވިސްޗާޖުގެ މައްސަލައަށް އެއްވެސް ހައްލެއްނައިސް، މިހާރު އޮތްގޮތަށްވުރެ ގޯސްވެ، ވަޒީފާއަދާކުރާ އެތަށް މުވައްޒަފަކަށް ސާވިސް ޗާޖުން މަހުރޫމުވުމުގެ ފުރުސަތު ބޮޑުވެގެން ދިއުން.
- ސުޕަވައިޒަރު ލެވެލްއިން މައްޗަށް ސާވިސް ޗާޖް ނުލިބޭނެ ގޮތަކަށް އިސްލާހު ހުށަހެޅިފައިވުން.
- ޗުއްޓީއާއި އެކިއެކި ލީވްތަކުގައި ވާ މުވައްޒަފުން ސާވިސް ޗާޖުން މަހުރޫމްވުން.
އެބިލުގައި ހުރި މިފަދަ ކަންބޮޑުވުންތައް ހައްލު ކޮއްފައި ނޫނީ ކައުންސިލް އިންތިޚާބުގައި ވޯޓު ހޯދަން ނައުމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
ސިޓީ ނިންމާލަމުން އެދިފައިވަނީ އެސިޓީ އެމީހަކު ނިސްބަތްވާ ދާއިރާއެއްގެ އެމްޕީއަށް ޓެގްކޮށްލުމަށްފަހު އެސިޓީ ޝެއާ ކޮށްލަދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!