އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

އަބުދުއްރަހްމާން މަރުގެ މައްސަލާގައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރީ އިއްޔެ (21 އޯގަސްޓް 2025) ހެނދުނު 7:15 ހާއިރުއެވެ.

Ad
rt

ރޭ މެންދަމު 12:24 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ވަނަވަރުގެ މައުލޫމާތުދީ، މައްސަލައިގެ އިތުރު އަދާހަމަ ދީފައެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މާޅޮހަށް ނިސްބަތްވާ ތިން ޒުވާނުންނެވެ. އެއީ،

  • މުހައްމަދު ވިޥާމް، ލިލީފެހި، އއ. މާޅޮސް (22އަހަރު)
  • އަހުމަދު ފާރިސް، ފިނިވާގެ، އއ. މާޅޮސް (27އަހަރު)
  • އަހުމަދު އާޝިދު، ފިޔަ، އއ. މާޅޮސް (27އަހަރު)

ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވިޝާމާއި ފާރިސް، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުުރުުކޮށްފައިވާ ކަމަށެވެ. އަދި އާޝިދުގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހައިފައިވާ ކަމަށެވެ.

އަބްދުއްރަހުމާންގެ މަރު: ތުހުމަތުވާ ތިން މީހަކު ހައްޔަރުކޮށްފި

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ވިސާމަކީ މާޅޮހު ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި މީހެކެވެ. އަދި، ފާރިސަކީ އެ ރަށު ސްޓެލްކޯގައި މަސައްކަތްކުރާ ޒުވާނެކެވެ. އާޝިދަކީ މާލޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާއެއްގައި އުޅޭ ޒުވާނެކެވެ.

65 އަހަރުގެ އަބްދުއްރަހުމާން މަރުވެފައިވަނީ ޖުލައި 12 ވަނަ ދުވަހުގެ ފަތިހު، އޭނާގެ އަނބިމީހާ ނާޒިމާ އިބްރާހިމްގެ ގޭގައި ނިދާފައި އޮއްވާ ދިން ހަމަލާއެއްގައެވެ. އަބުދުއްރަހްމާނަށް ހަމަލާ ދިންއިރު، އެ ގޭގައި އުޅެމުން އައީ އަބްދުއްރަހުމާންގެ ދެމަފިރިން އެކަންޏެވެ.

އަބްދުއްރަހުމާން މަރުވީ، އޭނާ އަށް ދިން ހަމަލަތަކާ ގުޅިގެން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް ޖުލައި 12 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.