ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުއްރަހީމް އަބްދުﷲ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި މަޖިލީހުގެ ރައީސް ވަނީ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޒީމާ އަލީ އާއި ސީނިއަރ މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ މަސައްކަތްތަކާއި ކުރިއަށް ގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މަޖިލީހުގެ ރައީސް ވަނީ ހޮސްޕިޓަލުގެ އެކި ބައިތަކަށް ޒިޔާރަތްކުރައްވާ، ހޮސްޕިޓަލުގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.

ޒިޔާރަތުގެ ތެރޭގައި ހޮސްޕިޓަލުގެ އިސްވެރިން ވަނީ މަޖިލީހުގެ ރައީސްއަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ހަނދާނީ ފިލައަކީ ހޮސްޕިޓަލަށް މަޖިލީހުގެ ރައީސް ކުރެއްވި ޒިޔާރަތުގެ ހަނދާނުގައި އަރުވާފައިވާ ފިލައެކެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ސަރަޙައްދުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މަރުކަޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!