ޖަރުމަނުވިލާތުގެ ހޮސްޕިޓަލެއްގައި އުފަންވީ ކުއްޖަކަށް ފަލަސްތީނުގެ ހަމާސްގެ ކުރީގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ނަން ދީފިއެވެ.
ޖަރުމަނުވިލާތުގެ އިރުމަތީ ސަރަހައްދުގައި ހުންނަ ލައިޕްޒިގް ޔުނިވަރސިޓީ ހޮސްޕިޓަލްގެ މެޓަރނިޓީ ކްލިނިކުން ވަނީ އެތަނުގައި އުފަންވީ ކުދިންނަށް މައިންބައިން ދީފައިވާ ނަންތަކުގެ ލިސްޓް އާންމު އުސޫލުން ހޯމަ ދުވަހު ވެސް އާންމުކޮށްފައެވެ. އެ ލިސްޓްގައި އެއް ކުއްޖަކަށް ދީފައިވާ ނަމަކީ 18 އޮކްޓޯބަރު 2024 ގައި އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައިވާ، އެއިރު ހަމާސްގެ ވެރިޔަކަށް ހުންނެވި ޔަހްޔާ ސިންވާރުގެ ނަމެވެ.
ޖަރުމަނުވިލާތުގެ ހޮސްޕިޓަލެއްގެ އުފަންވާ ކުދިންގެ ލިސްޓުގައި ފަލަސްތީނުގެ ހަމާސްގެ ކުރީގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ނަން ދީފައިވާ ކުއްޖެއްގެ ނަން ހިމެނުމުން އެ ހޮސްޕިޓަލަށް އިސްލާމްދީނާ ދެކޮޅު މީހުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
ލައިޕްޒިގް ޔުނިވަރސިޓީ ހޮސްޕިޓަލްގެ މެޓަރނިޓީ ކްލިނިކުން ނެރުނު ލިސްޓްގައި ކުއްޖަކަށް ކިޔާފައިވާ ނަންތަކުގެ ތެރޭގައި ''ޔަހުޔާ ސިންވާރު'' ހިމެނުމުން އެކަމާއި އިސްލާމްދީނާ ދެކޮޅު ބަޔެއްގެ ނުރުހުން އަމާޒުވުމުން އެ ހޮސްޕިޓަލުން ވަނީ އެ މީހުންގެ ކިބައިން މައާފަށް އެދިފައެވެ.
ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި
މިކަމާއި ގުޅިގެން ލައިޕްޒިގް ޔުނިވަރސިޓީ ހޮސްޕިޓަލްގެ މެޓަރނިޓީ ކްލިނިކުން ބުނެފައިވަނީ ނަންތައް ޝާއިޢުކުރަނީ ހަމައެކަނި މައިންބަފައިންގެ އެދުމުގެ މަތިން ނުވަތަ އެއްބަސްވުމާއެކު ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް ކުރާ ފަދައިން، އަޅުގަނޑުމެންގެ ޗެނަލްގައި އުފަންވި ކުދިންގެ ފުރަތަމަ ނަންތައް ޝާއިޢުކުރިން، ނަންތަކުގެ ތެރެއިން އެއް ނަމަކީ މިވަގުތު ސިޔާސީ ގޮތުން ގުޅިފައިވާ ނަމެއް ކަމުން، ބައެއް ފަރާތްތަކުގެ މެދުގައި ކަންބޮޑުވުމާއި ނުރުހުން އުފެދިފައިވޭ." ހޯމަ ދުވަހު އިންސްޓަގްރާމްގައި ނެރުނު ބަޔާނެއްގައި ކްލިނިކުން ބުނެފަވެއެވެ.
މިފަދަ ކަންކަން މުސްތަޤުބަލުގައި އިތުރު ސަމާލުކަން ދިނުމަށް އިންޓަރނަލް ޕްރޮސީޖަރތައް މުރާޖަޢާކުރާނެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ސިންވާރަކީ ފަލަސްތީނުގެ ބިމާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުގައި ހިތްވަރުދެއްކެވި ހިތްވަރުގަދަ ލީޑަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!