ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން އިންތިޒާމްކުރާ އިންސާނީ ވަގުފާރިއާއި ގުޅޭ އޮންލައިން ސައްލާއެއްގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުންނަށް ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.
މި ސައްލާ ކުރިއަށް ގެންދަން ނިންމާފައި ވަނީ، ‘’އިންސާނީ ވަގުފާރި - މިއީ ރާއްޖޭގައި ހިނގާ ކަމެއްތަ؟’’ މައުޟޫ އަށެވެ.
މި ސައްލާގައި ދާއިރާގެ ތަޖުރިބާ ކާރުންގެ ގޮތުގައި ބައިވެރިވަނީ ދިވެހި ފުލުހުންގެ ހިއުމަން ޓްރެފިކިން އިންވެސްޓިގޭޝަން ޔުނިޓްގެ ފަރާތުން އާދަމް މުއީނާއި، މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ހަނީފާ ޖައުފަރު އަދި ހޯމްލޭންޑް މިނިސްޓްރީގެ އެންޓި ޓިޕް އޮފީހުގެ ފަތާތުން އަޒްހާ ޖައުފަރެވެ.
ދާއިރާގެ ތަޖުރިބާކާރުންނާ އާންމުންނާއެކު އޮންލައިންކޮށް ބާއްވާ ޙައްޤުގެ މި ސައްލާ ބާއްވަން ނިންމާފައި ވަނީ 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 1000 ން 1100 އަށެވެ.
މި ސައްލާގައި ބައިވެރިވުމަށް 29 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓަރ ވުމަށް އެޗްއާރުސީއެމުން ވަނީ ހުޅުވާލާފަައެވެ.
މި ސައްލާގަައި ރެޖިސްޓަރ ވެވެނީ އެކަމަށް ޚާއްޞަކޮށްފައިވާ ލިންކް ގަައިވާ ފޯމް މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!