ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ(ޑަބްލިއުޑީސީ) އިން ސްރީލަންކާ އަށް ކުރި ތަޖުރިބާ އާއި ޤާބިލުކަން އިތުރުކުރުމުގެ ދަތުރު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި މަހު 16 އިން 23 އަށް، ޑަބްލިއުޑީސީ ގެ ރައިސާ އާއި އިތުރު 4 މެންމަބަރުންނާއި މުވައްޒަފަކު ހިމެނޭހެން ބައިވެރިވި މި ދަތުރުގައި، އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ސްރީލަންކާގެ އަންހެނުން އިސްވެ ހިންގާ ޖަމާއަތްތަކަށް ޒިޔާރާތްކޮށް އެމީހުންގެ މަޢުލޫމާތާއި ޤާބިލުކަން އިތުރުކުރުމަށް ތަޖުރިބާ ހިއްސާކޮށްފައިވެއެވެ.

Ad
rt

އެގޮތުން މި ޕްރޮގްރާމްގެ ތެރޭގައި، ވަފުދުން އެކި އަންހެނުން މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ޒިޔާރަތްކޮށް، ކުޅުދުއްފުށީ އަންހެނުން އަތުން ތައްޔާރުކުރާ ތަކެތި ދައްކުވައިދީ، އަދި ސަގާފީ އަދި ފަންނީ ތަޖުރިބާތައް ޙިއްޞާކުރިއެވެ.

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ކޮމިޓީން ލަންކާ އަށް ކުރި ތަޖުރިބާ އާއި ޤާބިލުކަން އިތުރުކުރުމުގެ ދަތުރުގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށި އ.ތ.މ.ކޮމެޓީ



ޑަބްލިއުޑީސީއިން ބުނިގޮތުގައި، މި ދަތުރުގައި ޒިޔާރާތްކުރެއްވި މުހިންމު ޒިޔާރަތްތަކުގެ ތެރޭގައި އަންހެނުން ހިންގާ ހޮޓަލެއް ކަމަށްވާ އަމްބަ ޔާލު އަންހެނުންގެ ހޮޓަލަށާއި، މެޑިޓޭޝަން ކުރުމަށް ވަކިން ހުންނަ އަންހެނުންގެ މޮނާސްޓަރީއަކަށާއި، ހަކީމީ ބޭސް ފަރުވާދޭތަނަކަށާއި، ގަލްގަމުވާ ކިޔާ އަންހެނުންގެ ޖަމާޢަތެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ މަރުކަޒަކަށް ޒިޔާރާތްކުރެވުނެވެ.

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ކޮމިޓީން ލަންކާ އަށް ކުރި ތަޖުރިބާ އާއި ޤާބިލުކަން އިތުރުކުރުމުގެ ދަތުރުގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށި އ.ތ.މ.ކޮމެޓީ

މީގެ އިތުރުން މި ދަތުރުގެ ތެރޭގައި، ސްރީލަންކާގެ ޕާލިމަންޓް މެންބަރު ހިރުނިކާ ޕްރެޗަންދްރާއާއެކު ބައްދަލު ކުރައްވައި އަންހެނުން ސިޔާސީ ދާއިރާގައި ބައިވެރިވުމާއި ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށްވެސް ޑަބްލިއުޑީސީއިން ބުންޏެވެ.

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ކޮމިޓީން ލަންކާ އަށް ކުރި ތަޖުރިބާ އާއި ޤާބިލުކަން އިތުރުކުރުމުގެ ދަތުރުގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށި އ.ތ.މ.ކޮމެޓީ



މި ޕްރޮގްރާމުން އެކި ގޮތްގޮތުން އަންހެނުން ބާރުވެރިކުރުމުގެ ނަމޫނާތަކާ ބެހޭ ގޮތުން އަގުހުރި މަޢުލޫމާތު ލިބި، ޑަބްލިއުޑީސީއަށް އެމީހުންގެ އަމިއްލަ މުޖުތަމަޢުގައި މިފަދަ މަސައްކަތްތައް ހަރުދަނާކުރުމަށް ހިތްވަރާއި އިލްހާމު ލިބުނުކަމަށް ޑަބްލިއުޑީސީއިން މައުލޫމާތު ދިނެވެ.

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ކޮމިޓީން ލަންކާ އަށް ކުރި ތަޖުރިބާ އާއި ޤާބިލުކަން އިތުރުކުރުމުގެ ދަތުރުގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށި އ.ތ.މ.ކޮމެޓީ

މީގެ ކުރިންވެެސް އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ރާއްޖެތެެރޭގެ ރަށްރަށަށް ކޮމިޓީތަކުން ޒިޔާރާއް ކުރިނަމަވެސް މިއީ، ރާއްޖެއިން ބޭރަށް ތަޖުރިބާ ހޯދަން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަކުން ދަތުރެއްކުރި ފުރަތަމަ ފަހަރުކަމަށް ބެލެވެއެވެ.

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ކޮމިޓީން ލަންކާ އަށް ކުރި ތަޖުރިބާ އާއި ޤާބިލުކަން އިތުރުކުރުމުގެ ދަތުރުގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށި އ.ތ.މ.ކޮމެޓީ

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަކީ ވަރަށް ހަރަކާތްތެރި ކޮމެޓީއެއްކަން ފާހަގަކޮށްލެވެއެވެ.