22 ރަށެއްގެ ފުޓްބޯޅަދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދިލެއްވުމުގެ މަތިން އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑު ކަމަށް ފެންނާތީ، އެބީލަންތަށް ބާތިލުކޮށް އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާކަމަށެވެ.

Ad
rt

އެ ޢިއުލާންގައިވާގޮތުން ފުޓްބޯޅަދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ހއ. އިން ހުޅުވާލާފައިވާ ރަށްތަކަކީ ހޯރަފުށި އަދި އިހަވަންދޫއެވެ.

ހދ. އަތޮޅުން ހަނިމާދޫ، ނޮޅިވަރަމް އަދި ކުޅުދުއްފުށި އެ ކަމަށް ފުރުޞަތު ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނެއެވެ.

ށ. އަތޮޅުން ފުނަދޫ، ފޯކައިދޫ އަދި މިލަންދޫ ހިމެނޭއިރު ނ. އަތޮޅުން ވެލިދޫ، ކުޑަފަރި ރ. އަތޮޅުން ދުވާފަރާއި، މާކުރަތު ހިމެނިފައިވެއެވެ. އޭގެ އިތުރުން އެކި އަތޮޅުތަކުން އިތުރު 10 ރަށް ހިމެނިފައިވެއެވެ.

މިމަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ބީލަން ހުޅުވުން އޮންނާނީ 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ފިނޭންސް މިނިސްޓްރީގެ ޢިއުލާނުގައިވެއެވެ.