ސިންގަޕޫރ ނިވްސް އެޖެންސީއެއްކަމަށްވާ ސީ.އެން.އޭ. އިން ރޭއިގައި ގެނެސް ދިން ޚަބަރު ބުނާގޮތުން، އެ ގައުމުގައި، އިއްޔެއާހަމައަށް ހަތް މީހަކު ކޮރޯނާ ވައިރަހަށް ޕްޒޮޓިވްވިކަން ޔަގީން ކުރެވިއްޖެއެވެ.

އެ ހުރިހާ މީހުންނަކީވެސް ފަތުރުވެރިން ގޮތުގައި. ޒިޔާރަތްކުރި ޗައިނާ ރައްޔިތުންނެވެ. އެންމެންވެސް އޮންއެރައިވަލް ސްކްރީން ކުރެވުނެވެ. ބަލީގެ އަލާމާތެއް ފެންނަން ނެތުމުން ދޫކޮށްލި މީހުންގެ ތެރެއިން ބައެއްމީހުން، އޭގެ އެއްދުވަސްފަހުން ވަނީ ކޮރޯނާވައިރަހަށް ޕްޒޮޓިވްވެފައިއެވެ. އެކަކު ވަނީ 3 ދުވަސްފަހުން ޕްޒެޓިވްވެފައިއެވެ.

Ad
rt

އެމީހުން ތިބި ހޮޓާތަކުގެ ބައެއް މީހުން ވަކި މުއްދަތަކަށް އެކަހެރި ކުރެވިފައިވެއެވެ. މިއީ ހުރިހާ ގޮތަކުންވެސް ކުރިއަރާފައިވާ ސިންގަޕޫރަށް ދިމާވިގޮތެވެ.

އަޅުގަނޑުމެންގެ ހާލަތަށް ބަލާއިރު ކަމެއްހިނގައިފިނަމަ، ފެންނާނެ މަންޒަރު މާނުރައްކާވެދާނެއެވެ. ރިސޯޓުތަކުގެވާހަކަ ބާއްވާފައި، ގެސްޓުހައުސްހިންގާ ރަށްރަށުގެ ހާލަތަށް ބަލާއިރު، އެތަންތަނަށް އަންނަ ފަތުރުވެރުން އުޅެމުން ދަނީ ރަށުގެ މީހުންނާ ވަރަށް ބޮޑަށް ގައިގޯޅިކަން އޮންނަ ގޮތަކަށެވެ.
ގެސްޓުހައުސްތަކަށް އަންނަ ބައެއް. ޗައިނާ ފަތުރުވެރިންނަކީ ރަށުފިހާރައިން އެއްޗެހި ގަނެގެން ކައިއުޅޭބައެކެވެ. މިޒާތުގެ ފަތުރުވެރިކަމެއް އޮތްތަނަކަށް، ނުރައްކާތެރި ރޯގާއެއް ފަތުރާފާނެ މީހަކު އޮޅުމަކުން ނަމަވެސް ދޫކޮށްލެވިއްޖެނަމަ، ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވާން، ތިބުމުގެ ބަދަލުގައި އެފަދަ ހާލަތަކަށް ނުދިއުމަށްޓަކައި، ކޮރޯނާވައިރަސް އުފުލާ މީހުންނަށް ވެލާނާ ގޭޓް ބަންދުކުރުންބުއްދިވެރިނޫންތޯއެވެ.

ކޮރޯނާވައިރަސް ގެނެސްފާނެ، ޗައިނާމީހާ. ވިއްކާ ޑޮރަލަރުކޮޅަށްވުރެ، އޭނާގެފަރާތުން ކޮށްފާނެ ނުރައްކާ ބޮޑުވެދާނެއެވެ. މި ބަލީގެ އަސަރު އެންމެބާރަށް ފެތުރެމުންދަނީ ފަތުރުވެރިކަމުގައި މަޝްހޫރު ގައުމުތަކަށެވެ. ޗައިނާ މީހުންގެ ފުށުންނެވެ. ޔޫއޭއީ އަށް ކޮރޯނާވައިރެހުގެ އަސަރުކޮށްފިއެވެ. ސިންގަޕޫރުވެސް އެފަދައިންނެވެ. އެއީ ހުރިހާ ގޮތަކުން ވެސް ކުރިއަރާފައިވާ ތަންތަނެވެ.

އަޅުގަނޑުމެންގެ ރަށްރަށުގައި އަދިވެސް އޮތީ، ހުރިހާ ބާވަތެއްގެ ރޯގާ އަށް ޕެނެޑޯލްގެ ބޭސްސިޓީއެއް ލިޔެދީފައި ގެއަށް ފޮނުވާ ލުމުގެ ސަގާފަތެކެވެ. ފާރަވެރިވާ ކެމެރާތަކަށް ބަރޯސާވެގެން، ކޮރޯނާވައިރަސް އުފުލާމީހަކު އާދޭތޯ ބަލަން އެއާރޕޯޓުގައި ފާރަވެރިން ބައިތިއްބައިގެންތިބޭނީތޯ؟ ނަވަތަ ޝްރީލަން އިން ފިޔަވަޅު އެޅިގޮތަށް އެފަދަ މީހުންނަށް ވަގުތީގޮތުން ދޮރު ބަނަދު ކުރާނީތޯ؟ މިސުވާލު ކުރަންޖެހޭ ނޫންތޯއެވެ.

ނޯޓް: މިއީ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން ފޭސްބުކްގަައި ލިއުއްވާފައިވާ ލިއުމެކެވެ.