ހަބަލް ޓެލެސްކޯޕުން ޔުރޭނަސްގެ ދުވަހެއްގެ ދިގުމިން އަލުން ދެނެގެންފިއެވެ.

ދިގު މުއްދަތެއްގެ ހަބަލް ޓެލެސްކޯޕުގެ މަޢުލޫމާތު ތަޙްލީލުކުރުމަށްފަހު، ސައިންޓިސްޓުން ވަނީ ޔުރޭނަސްގެ ދައުރުވުމުގެ ވަގުތު އަލުން ދެނެގަނެފައެވެ. މި ދިރާސާއިން ދައްކާގޮތުގައި ޔުރޭނަސް އެއްފަހަރު ފުރިހަމައަށް ދައުރުވުމަށް 17 ގަޑިއިރާއި 14 މިނެޓާއި 52 ސިކުންތު ނަގައައެވެ.

Ad
rt

ޕެރިސް އޮބްޒަވޭޓަރީގެ ލޯރަންޓް ލަމީ އިސްވެ ހުންނަވައިގެން ކުރެއްވި މި ދިރާސާގައި، 10 އަހަރުގެ އޯރޯރާ (އުތުރު ދަނޑިމަތީގެ އަލި) މަޢުލޫމާތު ބޭނުންކޮށްގެން ގްރަހުގެ މެގްނެޓިކް ޕޯލްތައް ދެނެގަނެވުނެވެ. މި ދިގު މުއްދަތުގެ ދިިރާސާއިން ޔުރޭނަސް އިރުގެ ވަށައިގެން އެއް ބުރު ޖެހުމަށް ނަގާ މުއްދަތު ވެސް ވަނީ އިތުރު ޔަގީންކަމާއެކު ދެނެގަނެވިފައެވެ. އެއީ ގާތްގަނޑަކަށް ބިމުގެ 84 އަހަރެވެ.

މި އާ ހޯދުމަކީ ނާސާގެ ވޮޔެޖަރ 2 މިޝަނުން 1980 ގެ އަހަރުތަކުގައި ހޯދި މަޢުލޫމާތަށްވުރެ 28 ސިކުންތު އިތުރު ވަގުތެކެވެ. މި އައު މަޢުލޫމާތުގެ އަލީގައި، ކުރިން ހަދާފައިވާ ބައެއް ސަތަޙައިގެ ޗާޓުތަކާއި އެލައިންމަންޓް އަންދާޒާތައް އަލުން މުރާޖަޢާކުރަން ޖެހިދާނެ ކަމަށް ސައިންޓިސްޓުން ބުނެއެވެ.

މި ދިރާސާއިން ލިބުނު މަޢުލޫމާތަކީ ޔުރޭނަސްގެ އެތެރޭގެ އޮނިގަނޑާއި، އޭގެ މޫސުމީ ބަދަލުތަކާއި، އަދި އެހެނިހެން ގްރަހުތަކުގެ ދިރާސާތަކަށް ވެސް މުހިންމު މަޢުލޫމާތެއް ކަމަށް ވިދާޅުވެއެވެ. މީގެ އިތުރުން، މި ކާމިޔާބީއަކީ ދުރުގައިވާ ގްރަހުތަކުގެ މަޢުލޫމާތު ހޯދުމުގައި ޓެލެސްކޯޕްތަކުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމުގައި ވެސް ސައިންސްވެރިން ފާހަގަކުރެއެވެ.