ލާމު ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 30 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2025 އޭޕްރިލް 12 ވަނަ ދުވަހުގެ ފަތިހު 1:40 ހާއިރުއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ލ. މާންދޫ ބެންޑު ސަރަޙައްދުގައެވެ.
އެކްސިޑެންޓްގައި އަނިޔާވި ފަރާތަކީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް (30 އަހަރު) އެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސްގެންނެވެ. އަނިޔާވި ފަރާތް ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:45 ހާއިރު ވަނީ ނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ކުރިއަށްދާކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!