އިލެކްޝަން ކޮމިޝަން (އީސީ)ގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅި 5 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް މިއަދު އެ ކޮމިޝަނުން ނިންމައިފިއެވެ.

އެ ޕާޓީ ތަކަކަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، އަދާލަތު ޕާޓީ (އޭޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ޕީޕަލްސް ނެޝަމަލް ކޮންގްރެސް (ޕީއެންސީ) އެވެ.

Ad
rt

އީސީން މިއަދު ބުނި ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ބަޖެޓުގެ އާމްދަނީން ދޫކުރެވޭ އަދަދަކީ 27،981،256 ރުފިޔާ ކަމަށެވެ. އެހެންވެ ބަޖެޓް ފާސްކުރި ދުވަހާއި ހަމައަށް 10 ހާސް މެމްބަރުން ހަމަވި ޕާޓީތަކަށް ފައިސާ ދޫކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

2023 ވަނަ އަހަރު ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ބެހިފައިވާގޮތުގެ ތަފްސީލް

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާ އުސޫލު އިސްލާޙްކޮށް ސިޔާސީ ޕާޓީގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވީ 17 ނޮވެމްބަރު 2024 ގައެވެ. މިފަހަރު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ ޤާނޫނަށް ގެނައި މި އިސްލާހްގެ ދަށުންނެވެ.

ކުރިން ސިޔާސީ ޕާޓީތަކުގެ ޤާނޫނު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ނަމަވެސް، މި އިސްލާޙްގައި ވަނީ ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ދިނުމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރެވޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. އަދި ޕާޓީތަކަށް އިލެކްޝަނުން ފައިސާ ދޫކުރަނީ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ.