ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ދަނީ ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

Ad
rt

މި މަސައްކަތުގެ އަދާހަމަ އެމްޓީސީސީން ވެސް ކުރިން ދެމުން އައިސްފައިވާއިރު، މި މަޝްރޫޢުގެ އަދާހަމަ ދެމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ މި މަޝްރޫޢުގެ 53.5 އިންސައްތަ ވަނީ މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ އަދާހަމަ ހިސާބަށް ބަލާއިރު، ބަނދަރުގެ އެއްގަމު ވާޓަރު ވަނީ މުޅިން ނިމިފައިވާއިރު، މިވަގުތު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތަކެވެ.

މި ބަނދަރު އަޕްގްރޭޑް ކުރުމުން ރަށުގެ އިޤްތިޞާދަށް ފައިދާވެ، ބޮޑެތި އުޅަނދުފަހަރު ފަސޭހައިން ބަނދަރަށް ވަދެނިކުމެވުމުގެ އިތުރުން، މަސްވެރިކަމާއި ވިޔަފާރިއަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކޮށްފަވެއެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، 213 މީޓަރު ނެރު ބްރޭކް ވޯޓަ ޖެހުމާއި، 360 މީޓަރުގެ ސޭންޑްފިލް ބްރޭކް ވޯޓަ ޖެހުމާއި، 10 މީޓަރުގެ ސަމްބާޖް ބްރޭކް ވޯޓަ ޖެހުމާއި، 93 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 15 މީޓަރުގެ ގްރޮއިން ޖެހުމާއި، 311 މީޓަރުގެ އެއްގަމު ތޮށި އަދި ސްކޯރިން އެޕްރޮން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން 3 ކޮންކްރީޓް ބްރިޖް ހެދުމާއި، މޫރިން ބޮއި ހަރުކުރުމާއި، 121 އަކަމީޓަރުގެ ރޭމްޕެއް ހެދުމާއި، އެކްސެސް ޕްލެޓްފޯމެއް އެޅުމާއި، ނެވިގޭޝަން ލައިޓް ހަރުކުރުމާއި، މަގު ބައްތި ހަރުކުރުމާއި 3789 އަކަމީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

9 ޑިސެމްބަރު 2022 ގައި އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިއީ 79.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.