ށ. ބިލެތްފަހީގައި ފިޓްްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް (އެފްއާރުސީ) ޤާއިމްކޮށް، ހއ. މުރައިދޫ ފުޓް ބޯޅަދަނޑުގެ ވަށާފާރު ރާނާ ފެންސް ޖެހުން ހިމެނޭހެން ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތަކެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
މި މަސައްކަތަކީ ރަށްރަށުގައި ހުއްޓިފައިވާ ކުޅިވަރުގެ މަޝްރޫޢުތައް ފުރިހަމަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މި ދެ މަޝްރޫޢު ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ހިމެނިފައިވާ ކަމެކެވެ.
މީގެ އިތުރުން ދެ މަސް ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ހަމަޖެހިފައިވާ ކ. ދިއްފުށީ އަދި ހއ. މުރައިދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނާ ފެންސު ޖަހައި، ދަނޑަށް ބޭނުންވާ ބްރަޝް މެށިނެއް ހޯދުމަށްވެސް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ.
ބިލެތްފަހީގެ ފިޓްނަސް އެންޑް ރެކްރިއޭޝާން ސެންޓަރުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
ދުޅަހެޔޮކަމާއި ފިޓްނަސްގެ ހަރަކާތްތަކަށް މީހުން އަހުލުވެރި ކުރުމަށް ރަށުގައި ފިޓްނަސް ސެންޓަރެއް ތަރައްޤީވުމަކީ ބިލެތްފަހީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!