ހއ. އުތީމުގައި މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން ގެ ފަރާތުން ތަރައްގީކުރި އައުޓްޑޯރ ޖިމް ވަގުތީ ގޮތުން ބޭނުން ކުރުމަށް މިއަދު ރައްޔިތުންނަށް ހުޅުވާލައިފިއެވެ.

އުތީމް ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ތިލަދުންނަށް މައުލޫމާތު ދިން ގޮތުގައި ޖިމް ތަރައްޤީކޮށްފައި ވަނީ އުތީމު ސްޕޯރޓސް އެރީނާ ގައެވެ. މި ސަރަހައްދުގައި ފުޓްސަލް ދަނޑު، ބޯޅަ ދަނޑު އަދި ވޮލީ ކޯޓެއްވެސް ހިމެނެއެވެ.

Ad
rt

މި ގޮތުން ޖިމް ބޭނުން ކުރާ ރައްޔިތުންނަށް ފަސޭހަ ވާނެހެން ބޯޅަ ދަނޑުގައި ނޫނީ ވޮލީ ކޯޓުގައި ޖިމް ބޭނުން ކުރުމުގެ ކުރިން "ވާރމް އަޕް" ކޮށްލެވޭނެއެވެ.

8 ކާއި 10 އަކާއި ދެމެދުގެ އިކުއިޕްމެންޓް ހިމެނޭހެން ޤާއިމްކޮށްފައިވާ މި ޖިމް އަކީ 10 އަހަރުން މަތީގެ ކޮންމެ އުމުރު ފުރަޔަކަށްވެސް ބޭނުން ކުރެވޭނެހެން ހަދާފައިވާ ޖިމް އެކެވެ. 10 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ނަމަ ބެލެނިވެރިއެއްގެ އެހީގައި ޖިމް ބޭނުން ކުރެވޭނެ ކަމަށް ވެސް ކައުންސިލްގެ ރައީސް ބުނެފައިވެއެވެ.

މިނިސްޓްރީން ޖިމް ނިންމާފައިވަނީ ގާތްގަނޑަކަށް މީގެ ދެމަސް ކުރިންނެވެ. މިވަގުތު ރަސްމީކޮށް ނުހުޅުވުނުކަމުގައިވިއަސް، ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ވަގުތީގޮތުން ހުޅުވައި ނަމާދު ގަޑިތައް ފިޔަވާ އެހެން ހުރިހާ ވަގުތެއްގައިވެސް ޖިމް ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން ރައްޔިތުން އަހުލުވެރި ކުރުވައި، .ބައެއް އިކުއިޕްމެންޓް ބޭނުން ކުރުމަށް ނޭނގި ދާނެތީ ޖިމުގައި ސްޕޯރޓްސް ކައުންސިލަރ އެއް ހަމަ ޖައްސާފައިވެއެވެ. ރޯދަމަހު ސްޕޯރޓްސް ކައުންސިލަރ ހިދުމަތް ދޭން ހަމަޖެހިފައިވަނީ ރޭގަނޑު 09:30 އަކުން 10:30 ކަށެވެ.

ރަށުގައި މިކަހަލަ ޖިމްތައް ޤާއިމް ކުރުމުން ރަށުގެ އިޖްތިމާއީ ގުޅުން ވަރުގަދަވެ، ދޭދޭ ގުޅުންތައް ހަރުދަނާ ވުމަށް މަގުފަހިވެއެވެ.