ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ "ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތު" ޕްރޮމޯޝަންގެ ފުރަތަމަ ދެ ނަސީބުވެރިން ވަނީ ހޮވިފައެވެ.
މި ޕްރޮމޯޝަނަކީ ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭގޮތަށް ބާއްވާ ޚާއްޞަ ލަކީ ޑްރޯއެކެވެ.
އުރީދޫ މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި، މި ލަކީ ޑްރޯގައި ބައިވެރިވެވޭނީ ހަމައެކަނި ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުން އުރީދޫގެ ޚިދުމަތެއް އެކްޓިވޭޓް ކޮށްގެންނެވެ. ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ނުވަތަ ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓްކޮށް، ނުވަތަ އެއާފައިބާ ޕެކޭޖެއް ގަނެގެން ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތު ލަކީ ޑްރޯގައި ކޮންމެ ހަފުތާއަކު ވެސް ތަފާތު އިނާމުތައް ލިބޭނެއެވެ. މީގެ ތެރޭގައި ސްމާޓް ޓީވީއެއް، ރެފްރިޖަރޭޓަރެއް، ސޯފާ ސެޓެއް، މައިކްރޯވޭވް އަވަނެއް އަދި ސްރީލަންކާއަށް ދެ ރިޓާން ޓިކެޓް ހިމެނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު، ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި ޚިދުމަތް ދިނުމަށް ސްޓާފުން ހަރަކާތްތެރިވަމުންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!