ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން "ޝޭޑްސް އޮފް މައިންޑް" ގެ ނަމުގައި އާޓް އެގްޒިބިޝަނެއް ބާއްވަން ނިންމައިފި އެވެ.
މި އެގްޒިބިޝަން ފެށުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެގްޒިބިޝަން ކުރިއަށްދާނީ މިމަހުގެ 12 އިން 17 އަށް ނެޝަނަލް އާޓް ގެލެރީގައެވެ.
އެގްޒިބިޝަން ބޭއްވޭ މުއްދަތުގައި އާޓް ގެލެރީއަށް ވަނުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި އެގްޒިބިޝަންގެ މައިގަނޑު މަޤްޞަދަކީ ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުމެވެ.
މީގެ އިތުރުން، އެގްޒިބިޝަންގައި ބައިވެރިވާ ފަންނުވެރިންނަށް އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް މި އެގްޒިބިޝަންގެ އަމާޒެކެވެ. އެގޮތުން، ފަންނުވެރިންގެ މަސައްކަތްތައް ވިއްކައިގެން ލިބޭ އާމްދަނީ އެފަރާތްތަކަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ.
ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބާއްވާ މި އެގްޒިބިޝަނަކީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން މުޖުތަމަޢުގެ ހޭލުންތ ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!