ރުކުމަޑި ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާގެ އެހީގައި ހދ.ހަނިމާދޫގައި ލެބޯޓްރީއެއް އަޅަން ނިންމާފައިވާ ކަމުގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ރަޢީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ޒިޔާރަތުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ، ކޮކްނަޓް ހިސްފިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ސަރުކާރުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލްއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރުމަށް ހާއްސަ ލެބޯޓްރީއެއް ޤާއިމްކޮށްދީ، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދިނުމަށް ހާއްސަ މަޝްރޫއުއެއް ހިންގުމަށް ޗައިނާގެ ސަރުކާރުން ވަނީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) އާއި ހަވާލުކޮށްފައެވެ. އެ އިންސްޓިޓިއުޓްގެ 4 ޕްރޮފެސަރުން މިމަހުގެ 11 ވަނަ ދުވަހު ވަނީ ރާއްޖެއައިސް މަސައްކަތް ފަށާފައެވެ.
ފަންނީ މާހިރުންގެ މިޓީމުން ދިވެހިރާއްޖެއަށް ކުރާ މިދަތުރުގައި ދިވެހިރާއްޖޭގައި ކޮކްނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ނެޗުރަލް އެނެމީ ލެބޯޓަރީއެއް ޤާއިމުކުރުމަށްޓަކައި ހަދަންޖެހޭ އެންމެ ފަހުގެ ދިރާސާތައް ހެދުމަށް ވަނީ ހަމަޖެހފައެވެ. އަދި ލެބޯޓްރީ ހަދަން ކަނޑައަޅާ ސަރަހައްދު ބަލައި އެތަނުގައި ލެބޯޓްރީ ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، ވީހާވެސް އަވަހަކަށް މަސައްކަތް ފެށޭނެ މަގު ތަނަވަސްކުރުމަށް ވާންޖެހޭ ތައްޔާރީތައްވާން ވަނީ ނިންމާފައެވެ.
ހަނިމާދޫއަކީ ހިސްޕިޑް ބީޓްލްގެ މައްސަލަ އުޅޭ ރަށަކަށްވެފައި ސެންޓަރުން ލިބެންހުރި ބައެއް އިމާރާތްތަކަކީ ލެބޯޓްރީއެއް ހެދުމަށް ބޭނުންކުރެވިދާނެ އިމާރާތްތަކެއް ކަމަށް ފެންނާތީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަކީ މިވަގުތު އެންމެ އަވަހަށް މިފަދަ ލެބޯޓަރީއެއް ޤާއިމުކޮށް މަސައްކަތްފެށުމަށް އެންމެ އެކަށީގެންވާ ތަން ކަމުގައި އެޓީމުން ވަނީ ފާހަގަކޮށްފައެވެ. ކަޓާސް ގެ ފަންނީ މާހިރުންގެ ޓީމު މިވަގުތު ޙަރަކާތްތެރިވަމުންދަނީ ހަނިމާދޫގައެވެ.
މިޓީމުން ހަނިމާދުއަށް ކުރާ މިދަތުރުގައި މިއަދުވަނީ ބަޔޮލޮޖިކަލް ކޮންޓްރޯލް މެނޭޖްމަންޓް ޕްރޮޓޮކޯލްތަކާއި އިންސެކްޓް-ޕެސްޓް އިންޓަރެކްޝަންތަކާ ބެހޭ މުހިންމު ފަންނީ މަޢުލޫމާތުތަކެއް މިނިސްޓްރީގެ ފަންނީ މުވައްޒަފުންނާއި ހިއްސާކޮށްފައެވެ.
މީގެ އިތުރުން، ކަޓާސްގެ މާހިރުންނާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ފަންނީ މުވައްޒަފުންވަނީ ހއ. މާފައްސަށް ވެސް ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގެ ރުއްތަކަށް ގެންލުންދޭ ސޫފާސޫފީގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ސޫތްޕަކީ ކޮކޮނަޓް ހިސްފިޑް ބީޓްލް ނަމަކަށް ކިޔާ ރުކުމަޑީގެ ބާވަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!