މެލޭޝިޔާގެ އެޑިއު- ޓުއަރިޒަމް ޓުއަރގައި ރާއްޖޭގެ ޕްރިންސިޕަލުން ބައިވެރިވެއްޖެ އެވެ.
އެޑިއު- ޓުއަރިޒަމް ޤައުމެއްގެ ގޮތުގައި މެލޭޝިއާ ޕްރޮމޯޓް ކުރުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޓުއަރއެއް ބާއްވައިފިއެވެ.
މޭލޭޝިއާގެ ކޮލެޖްތަކާ ޔުނިވަރސިޓީ ތައް ތައާރަފް ކޮށްދިނުމުގެ ގޮތުން ބޭއްވުނު އެ ޓުއަރ، ބާއްވާފައިވަނީ 8 ޤައުމެއްގެ ޕްރިންސިޕަލުންނާއި ސްކޫލް ގައިޑަންސް ކައުސިލަރުން ހިމެނޭގޮތަށެވެ.

އެ ޓުއަރ ކުރިއަށް ގެންގޮސްފައިވަނީ މެލޭޝިއާގެ އެންމެ ފުންނާބު އުސް މަތީ ތައުލީމާ ބެހޭ އިންސްޓިޓިއުޓް ކަމަށްވާ އައިއެންޓީއައި (އިންޓަރ ނޭޝަނަލް ޔުނިވަރސިޓީ އެންޑް ކޮލެޖަސް) އިންނެވެ.
މިޓުއަރގައި ބައިވެރިވި ޤައުމު ތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑޮނޭޝީއާ، ޖަޕާން، ކޮރެއާ، ކުވައިތު، ދިވެހިރާއްޖެ، ޕާކިސްތާން އަދި ޒެމްބިއާ ހިމެނެއެވެ.
މިޓުއަރގައި މެލޭޝިއާގެ އެކި ކެމްޕަސް ތަކަށް ޒިޔާރަތް ކުރުމާއި، މެލޭސިއާގެ ސަޤާފަތާއި، އާދަކާދަޔާއި، ސަޤާފީ ޖާފަތާއި އަދި އެކި އާސާރީ ތަންތަނަށް ޒިޔާރަތް ކުރުންވެސް ހިމެނިގެންދިޔައެވެ.
ސުބަންގ ޖާޔާ އަދި ކުއަލަރ ލަމްޕޫރުގައި ހުންނަ އައިއެންޓީއައިގެ ސިޓީ ކެމްޕަސް އަދި ނިލާއީގައި ހުންނަ ޔުނިވަރސިޓީއާ ޕެނާންގެ ޔުނިވަރސިޓީއިން ދެމުން ގެންދާ މަތީ ތަޢުލީމް ޕްރޮގްރާމްތަކުގެ ފެންވަރު ވަނީ ދައްކާލާފައެވެ.
މީގެ އިތުރުން ކެމްޕަސްތަކުންނާއި ޔުނިވަރސިޓީ ތަކުން ދަރިވަރުންނަށް ލިބެންހުންނަ ތަފާޓު ވަޞީލަތްތައް ވެސް ވަނީ ދައްކާލާފައެވެ. މި ކެމްޕަސްތަކުން މަތީ ތަޢުލީމް ހާޞިލް ކުރުމަށްފަހު މުޖުތަމައަށް ކުދިން ނިކުންނަނީ ސީދާ މަސައްކަތުގެ މާހައުލަށް ތައްޔާރުވެގެން ނެވެ.
މި ޓުއަރގައި ބައިވެރިވި ބޭފުޅުން ހިމެނޭ ގޮތަށް، އިނާމު ކަނޑައަޅައިގެންވަނީ ކެމްޕަސްގައި މުނިފޫހި ފިލުވުމުގެ ގޮތުންނާއި ތަޢުލީމީ އެކި އެކި ކަންކަމަށް ދަރިވަރުނަށް ލިބެންހުންނަ ވަޞީލަތްތައް ދައްކާލުމަށް އެކި ޙަރަކާތް ކުރިއަށް ގެންގޮސްފައެވެ.
އޭގެ ތެރޭގައި މާސް ކޮމިއުނިކޭޝަން ލެބްގައި ޓޯކް ޝޯއެއް ޑައިރެކްޓްކޮށް ހޯސްޓްކުރުމާއި ، އާރޓް އެންޑް ޑިޒައިން ވޯރކްސޮޕެއް ހިމެނެއެވެ. އަދި މި ފެއަރ ގެ ބައިވެރިންނަށްވަނީ ކޭއެލް ޓަވަރ، ކޭ އެލް ސީސީ ޝޮޕިންގ ސެންޓަރ، ކެކް ލޮކް ސީ އަދި ޕުތްރާ މިސްކިތް ފަދަ އެކި ބިނާ ތައް ހިމެނޭ ޓުއަރ އެއް ދީފައެވެ.
އައި އެންޓީއައިގެ އެސިސްޓެންޓް ވައިސް ޕްރިންސިޕަލް މައިކަލް ޗޭން ވިދާޅުވިގޮތުގައި މިފުރުޞަތުގެ ސަބަބުން ބޭރު ޤައުމުތަކަށް އައިސް މަތީ ތަޢުލީމް ހާސިލް ކުރަން ބޭނުންވާ ކުދިން ބޭނުންވާ ކަންތައްތައް ދެނެގަތުމުގެ މަގު ފަހިވެގެން ގޮސްފައިވެއެވެ. އަދި މިފުރުޞަތުގެ ސަބަބުން އުނިވަރސިޓީގެ 450 ޕާރޓްނަރުންގެ ބައިވެރިވުމާއެކު ގްރެޖުއޭޓް ވާ ދަރިވަރުން އެކި އެކި އިންޑަސްޓްރީތަކުގެ ވަޒީފާތަކަށް ތައްޔާރުކުރެވި ވަޒީފާ ގެ ފުރުޞަތުއޮތް މިންވަރުވެސް އަންގައިދެވެއެވެ.
އިތުރަށް އޭނަ ވިދާޅުވީ، އައިއެންޓީއައިއިން ގެންދަނީ ދަރިވަރުންނަށް އިތުރު ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް އޮސްޓްރޭލިއާ، ކެނަޑާ އަދި އެމެރިކާ ފަދަ ޤައުމު ތަކުގެ ޔުނިވަރސިޓީ ތަކާވެސް ގުޅުން ބަދަހި ކުރަމުން ކަމަށެވެ.
މި ފެއަރގެ ބައިވެރިންވެސް ވަނީ މިފަދަ ފެއަރތަކުން ލިބިގެންދާ ފުރުޞަތުތަކާއި މަޢުލޫމާތުގެ މުހިންމުކަން ފާހަގަ ކޮށްފައެވެ. އަދި މީގެ އިތުރުން ދަރިވަރުންނާއި އުނިވަރސިޓީ ތަކާއި އެންޓީއައިގެ ފެކަލްޓީ މެމްބަރުންނާއި ބައިނަލް އަޤްވާމީ ޤައުމުތަކުން އަންނަ ދަރިވަރުންގެ މެދުގައި ގާތް ގުޅުންވެސް އުފައްދައިދޭކަން ފާހަގަ ކޮށްފައެވެ.
ފެއަރ ނިންމާލަމުން އައިއެންޓީއައި ފެމް 2019 ޓުއަރގެ ސަބަބުން ތަޢުލީމީ ދާއިރާއިން މާރކެޓް ޑިމާންޑް އޮތް ނެތް މިންވަރުހާމަވެ، މެލޭޝީއާއަކީ އައިއެންޓީއައި ފަދަ އިންސްޓިޓިއުޓްތައް ހިމެނޭ އެޑިއު- ޓުއަރިޒަމްގެ މަންޒިލެއްގޮތުގައި ހާމަކޮށްދެވިފައިވާކަމަށް ޗޭން ވަނީ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކަށް ހުޅުވާލައިގެން މިފަދަ އެހެން ފެއަރތައް މުސްތަޤްބަލުގައި އިތުރަށް ބޭއްވިގެންދާނެކަން ވަނީ ހާމަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!