ހައުސިން މިނިސްޓްރީގައި ރޯވި އަލިފާން ފެތުރި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނުން އެބަދެއެވެ.
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވީ ހެނދުނު 6:15 ހާއިރު ކަމަށް އެތަނުގެ މުވައްޒަފަކު ބުންޏެވެ. އެހެންވެ މި ހާދިސާ ހިނގިއިރު މުވައްޒަފުން އޮފީހަށް ނުދެއެވެ.
އެ އިމާރާތުގައި ރޯވި އަލިފާން ފެތުރި މިހާރު އަންނަނީ އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނުންނެވެ.
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގަމުން އަންނައިރު، އެ މިނިސްޓްރީ އަށް ވެސް ވަނީ ގެއްލުންވެފައެވެ. އަދި އެ ކޮށީގައި ސިޓީ ކައުންސިލްގެ ބައެއް ވެސް ހިންގަމުން އަންނައިރު، އެ އިމާރާތަށް ވެސް ވަނީ ގެއްލުންވެފައެވެ.
އެ ސަރަހައްދުގައި ހުރި ''ތިލަދުން''ގެ ނޫސްވެރިޔާ ބުނީ، އަލިފާން ފެތުރެމުންދާތީ މުޅި ކޮށީގައި އަލިފާން ހިފުމުގެ ބިރު އެބައޮތްކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ އެ ސަރަހައްދުން މީހުން މަދުކުރުުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ ސަރަހައްދުގެ އާންމު ޓްރެފިކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
އަލިފާން ފެތުރި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނީhttps://t.co/Y2nlzgOyM2 pic.twitter.com/pW4QZ0FXGJ
— Thiladhun (@thiladhun) December 12, 2024
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ރޯވެފައިވާ އަލިފާން އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ. އެހެންވެ އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގޭތަކުން މިހާރު ވަނީ މީހުން ހުސްކުރެވިފައި ކަމަށެވެ.
''އެހެން އިމާރާތްތަކަށް އަލިފާން ފެތުރުމުގެ ކުރިން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އަދި ވީއައިއޭގެ ފަޔަރފައިޓަރުން ވެސް މިހާރު ދަނީ އަލިފާން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން.'' އެމްއެންޑީއެފުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!