ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ.ހިންމަފުށީގައި އަލަށް ގާއިމުކުރި ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ އެނަޖައިޒްކޮށް، ކަމިޝަންކޮށް ނިންމާލައިފިއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ފަރާތުން ހިންމަފުށީގައި އަލަށް ޤާއިމު ކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ މިހާރު ވަނީ އެނަޖައިޒްކޮށް ކަމިޝަން ކުރެވިފައިކަމަށެވެ.

Ad
rt

މި އައު ވިއުގައާއިއެކު ހިންމަފުށީގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެ، އަލަށް އާބާދުވަމުންދާ ސަރަޙައްދަށް ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކުރެވިގެން ގޮސްފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.

މީގެ އިތުރުން މި ވިއުގައިގެ ސަބަބުން އެރަށުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް ޚިދުމަތް ލިބިދިނުމަށް ކުރަންޖެހޭ ހޭދަ އެތައްގުނައަކުން ކުޑަ ވެގެންދާނެ ކަމަށް ވެސް އެ ސްޓެލްކޯއިން ވަނީ ބުނެފައެވެ.

''މި ނިޒާމާއިއެކު، ތިން ޑިސްޓްރިބިއުޝަން ސަބްސްޓޭޝަނެއް ޤާއިމު ކުރެވި، ޑިސްޓްރިބިއުޝަން ކެޕޭސިޓީއަށް 1.5 އެމް.ވީ.އޭ. ވަނީ އިތުރުކުރެވިފައި.'' ސްޓެލްކޯއިން ބުނެފަވެއެވެ.

ސްޓެލްކޯއިން އަންނަނީ އެ ކުންފުނީގެ ޚިދުމަތް ހޯދާ ސަރަހައްދުތަކުގެ ކަރަންޓްގެ ހާލަތު ރަނގަޅުކޮށް، ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލެ، ހުޅުލޭގެ އިތުރުން ކ. އަތޮޅުގެ ރަށްތަކަށާއި، ވ. އަތޮޅުގެ ރަށްތަކާއި، އއ. އަދި އދ. އަތޮޅުގެ ރަށްތަކަށް ވެސް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ސްޓެލްކޯއިން ނެވެ.