ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 3 ބިދޭސީއަކު ޑީޕޯޓްކޮށްލައި އިތުރު 4 ބިދޭސީން ޑީޕޯޓްކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި ނޮވެންބަރު މަހުގައި ވަނީ ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައި ކަމަށެވެ.

Ad
rt

މި އިންސްޕެކްޝަންގައި 05 މައްސަލައަކާއި ގުޅިގެން ބިދޭސީ 05 އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ 02 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

''މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 03 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައި ވާއިރު، ބާކީ 04 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުން.'' އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން މީގެ ކުރީން އެކިފަހަރު މަތީން ވަނީ މިފަދަ އިންސްޕެކްޝަންތައް ހިންގައި، އަތުލައިގަތް މިފަދަ ބިދޭސީންނާމެދު ފިޔަވަޅު އަޅާފައެވެ.