ހދ.ފިނެއަށް މުދާ ހިފައިގެން ދިޔަ ދޯންޏެއް އެ ރަށު ނެރުމައްޗަށް އަރައިފިއެވެ.

މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ފިނޭ ކައުންސިލްގެ ނައިބް ރައީސް ޖަވާޒާ ހުސެއިން ބުނީ އެ ރަށުގައި އަޅާ ކުނިކޮށްޓަށް ބޭނުންވާ ސާމާނު ހިފައިގެން، އައި މުދާ އުފުލާ ދޯންޏެއް އެ ރަށުގެ ނެރުމައްޗަށް އަރައި ބީހިފައިވާ ކަމަށެވެ.

Ad
rt

އޭނާ އިތުރަށް ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި، ދޯނި ނެރުމައްޗަށް ބީހުނީ ހިކިދިޔައިގައި ކަމަށެވެ. އަދި ދޯނި ފުންކުރެވުފައިނުވާކަން ފާހަގަ ކުރަމުން އޭނާ ބުނީ ދިޔަވަރު ބޮޑުވުމުން ދޯނި ފުންކުރެވޭނެ ކަމުގެ މައުލޫމާތު ދޯނުން ދޭކަމަށެވެ.

އޭނާ ބުނީ މި ހާދިސާއާއި ގުޅޭ މައުލޫމާތު ކައުންސިލުން އެމްއެންޑީއެފްއަށް ވެސް ފޯރުކޮށްދީފައިވާ ކަމަށާއި، ދޯނިން އިތުރު ފަރާތެއްގެ އެހީތެރިކަން ބޭނުންނުވާކަމަށް ބުނެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުނިކޮށި އެޅުމަށް ބޭނުންވާ ސާމާނުގެ އިތުރުން އެ ރަށު ބައެއް އަމިއްލަ ފާރާތްތަކުގެ މުދާވެސް އެ ދޯނީގައި އެބަހުއްޓެވެ.