ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތު މިއަދު ރައީސް އޮފީހުގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.

Ad
rt

ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ޗައިނާގެ ސިނޯހައިޑްރޯ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 15 ފަންގިފިލާގެ ތިން ޓަވަރު ޢިމާރާތްކޮށް، 3 ކޮޓަރީގެ 336 ފުލެޓު އަދި 2 ކޮޓަރީގެ 772 ފުލެޓު ތަރައްޤީކުރެވޭނެކަމަށެވެ.

އޭދަފުއްޓަކީ، ރާއްޖޭގައި ތަރައްޤީކުރާ އަރބަން ސެންޓަރުތަކުގެ ތެރެއިން ތަރައްޤީގެ ނާރެހެއްގެ ގޮތުގައި ތަރައްޤީވެގެންދާނޭ ރަށެއް ކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން މި ހައުސިންޔުނިޓުތައް ވެގެންދާނީ، އޭދަފުއްޓާއި އެ ސަރަޙައްދުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ އާބާދީތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ފުރުޞަތަކަށް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ކަނޑައަޅާފައިވާ 40،000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށަކަށް އޭދަފުށި ހައްދަވާނެކަމަށް، މި އަހަރުގެ މާރިޗު މަހު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.