އުއްމީދުކުރުންތައް އުއްމީދާ އެގޮތަށް ވެގެން ނުދިޔުމަކީ އަތް އުރާލައިގެން ތިބެންވީ ސަބަބެއް ނޫންކަމަށާއި، ގަދައަޅައި މަސައްކަތްކުރުމުން ދުންފަތުގެ މައްސަލައަށް ވެސް ހައްލު ލިބޭނެކަމަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) މިއަދު ވިދާޅުވެއްޖެއެވެ.

ހަސަނާ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މި ބިލުގެ ބަހުސްގައި ޤާނޫނު އިސްލާޙް ކުރިޔަސް ދުންފަތުގެ މައްސަލަ ހައްލުނުވާނެކަމަށް ދޭހަވާ މޭރުމަކުން ބައެއް މެންބަރުން ދެއްކެވި ވާހަކައާއި ގުޅުވައި ހަސަނާ ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް ވިދާޅުވާ ވިދާޅުވުމަށް އޭނާ އިންކާރުކުރަށްވާ ކަމަށެވެ.

''ސާނާ ދުނިޔޭގައި ކުރާ މަސައްކަތު ގައި އުއްމީދުކުރާނީ ކަންކަން އަޅުގަނޑުމެންނަށް އެގޮތަށް ބައްޓަންވެގެންދާނެ ކަމަށް، މުޅިންހެން އަޅުގަނޑުމެން އުއްމީދުކުރާ އުއްމީދުކުރުންތައް އެގޮތަށް ވެގެން ނުދިޔުމަކީ އަދި އަޅުގަނޑުމެން ދެ އަތް އުރާލައިގެން މިކަން ވާކަށް ނެތޭ ބުނެވޭކަށް އޮތް ކަމެއް ކަމަކަށް އަޅުގަނޑު ގަ ބޫލެއްނުކުރަން'' ހަސަނާ ވިދާޅުވިއެވެ.

ހަސަނާ ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރައްވާ ބޭފުޅަކު ކުރެއްވިކަމަށް ވިޔަސް، އަނެކުންނަށް އޭގެ ރައްކައުތެރިކަން ލިއްބައިދިނުމަށް ޓަކައި ވެސް އަޅުގަނޑުމެން ހިތުގައި އަޒުމަކާއި، މަގުސަދެއް ވެސް އޮންނަންވާނެ ކަމަށެވެ.

ދުންފަތުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް 1979 ވަނަ އަހަރު ޤާނޫނެއް ވުޖޫދުވިކަން ފާހަގަކުރަށްވައި ހަސަނާ ވިދާޅުވީ، އެކަމުން ވެސް ދިވެހިރާއްޖޭގައި ވެސް އޭރުއްސުރެ މަސައްކަތްކުރަމުން މި އަންނަނީ މިކަމުގެ ވަބާއިން ގިނަ ރައްޔިތުންތަކެއް ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ޓަކައިކަން އެނގިގެންދާ ކަމަށެވެ.