ރ. އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ނިޔާވެފައި ވަނީ 24 އަހަރުގެ ޒުވާނެއް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރައި އަޑީގައި އޮތް ކަމުގެ ރިޕޯޓު އެ އިދާރާ އަށް ލިބުނީ މިއަދު 12:08 ހާއިރު ކަމަށެވެ.
އެ ޒުވާނާ މޫދުން ނަގައިގެން އަލިފުށީ ހެލްތު ސެންޓަރަށް ގެންގޮސްފަައިވާއިރު، އެ ޒުވާނާ ނިޔާވެފައިވާކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ނަބީޙް ހަސަން ކިޔާ ޒުވާނެކެވެ.
މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!